ސުކޫލު ދަރިވަރުންތަކެއް-- ފޮޓޯ/ ވޮއިސް
ހަބަރު
22 Jan 2026 | 13:37
ރޯދަ މަހު ސްކޫލްގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފުތާގައި އެކަނި

ކުރިއަށްއޮތް ރަމަޟާންމަހު ސްކޫލްތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފުތާގައި އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑަމިކް ކަލަންޑަރުން ދައްކައިފިއެވެ. 

މި ފެށޭ ދިރާސީ އާ އަހަރުގެ ކަލަންޑަރު އިއްޔެ މިނިސްޓްރީން ވަނީ އަލުން އާންމުކޮށްފަ އެވެ. މި ކަލަންޑަރުގައި ވާގޮތުން، ދިރާސީ އައު އަހަރުގެ ކިޔަވައިދިނުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހެވެ. 

މި ކަލަންޑަރުގައި ވަނީ ސަރުކާރު ބަންދު ދުވަސްތަކާއި ސްކޫލްތަކުގައި ކިޔަވައިދޭ ދުވަސްތަކާއި ދަރިވަރުންނާއި ޓީޗަރުންނަށް ބަންދު ދުވަސްތައް ވެސް އާންމުކޮށްފަ އެވެ.

އެކަޑަމިކް ކަލެންޑަރު-- ފޮޓޯ/ ތައުލީމި ވުޒާރާ

މި އަހަރުގެ ރޯދަ މަސް ފެށެނީ ޖެނުއަރީ 18 ގަ އެވެ. އެހެންކަމުން، އަންނަ އަންގާރަ ދުވަހުން ފެށިގެން ކިޔެވުން ކުރިއަށް ގެންދާނީ އެއް މަސް ދުވަހަށެވެ. އޭގެ ތެރެއިން ކިޔަވައިދޭ ފަހު ހަފުތާ ވަނީ ރޯދަ މަހުގެ ފުރަތަމަ ހަފުތާއަށެވެ. އެއީ އެ މަހުގެ 22 އިން 26 އަށެވެ.  

އެއަށް ފަހު ޖެހިގެން އަންނަ ހުކުރާއި ހޮނިހިރަށް ފަހު މާޗް 1 އިން 8 އަށް ވަނީ ޓީޗަރުންގެ ޕީޑީ ދުވަހުގެ ގޮތުގައި ކަނޑައަޅާފައެވެ. އެހެންކަމުން އެ ދުވަސްތަކުގައިވެސް ދަރިވަރުން ސުކޫލަށް ދާކަށް ނުޖެހޭނެއެވެ. 

ޕީޑީ ދުވަސްތަކަށްފަހު ޖެހިގެން އަންނަ ދުވަހަކީ ރޯދައިގެ ފަހު 10 ފެށޭ ދުވަހެވެ. އެހެންކަމުން އެ ދުވަސްތަކަކީ ސަރުކާރު ބަންދު ކޮށްފައިވާ ދުވަސްތަކެއްކަމުން އެއީ ދަރިވަރުންނަށް ބަންދު ދުވަސްތަކެކެވެ.

ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ނިންމައި ސްކޫލްތަކުގައި އަލުން ކިޔަވައިދޭން ފަށާނީ މާޗް 23 ގައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.