ދޯދި އެކެއްގައި އަލިފާން ރޯވެފައި: ފޮޓޯ/ ވޮއިސް
ހަބަރު
23 Jan 2026 | 16:00
އެފްޑީސީގެ އަމާން ދޯދީގެ އެއްވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަމުންދާ "އަމާން ދޯދީ" މަޝްރޫއުގެ އެއްވަނަ ޓަވަރުގައި ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެފްޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަމާން ދޯދީ 1 ގައި ހިނގި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ ވަރަށް އަވަހަށް ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލްކޮށްފައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން އެ ކޯޕަރޭޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.

މިހާރު އެ ސަރަހައްދު ވަނީ ރައްކާތެރިކުރެވިފައި ކަމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އެފްޑީސީން މައުލޫމާތު ދެއެވެ.

މި ހާދިސާއާ ގުޅިގެން ބައެއް އަމިއްލަ ވައިބަރ ގްރޫޕްތަކުގައި، އިމާރާތުގެ ވެންޓިލޭޝަން ޝާފްޓްތަކާއި ކުނި އުކާލުމާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެފްޑީސީން ބުންޏެވެ. އެހެންކަމުން، ކަމުގެ ހަގީގަތް އޮޅޭގޮތަށް ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށާއި، އެފަދަ ކަންކަމުގައި ޒިންމާދާރުކަމާއެކު އަމަލުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކޮށްފައެވެ.

އެފްޑީސީން އިތުރަށް ބުނެފައިވަނީ މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ތަނުގައި ހިއްސާކުރަމުންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jul 2026
ސައުދީއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ދިވެހި ހާރިޖިއްޔާ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސައުދީއަށް ދޭންފެށި މިސައިލް ހަމަލާތަކަކީ އެޤައުމުގެ އިސްތިގުލާލާއި ސަރަހައްދީ ނިންމެވުންތަކަށް އަރައިގަތުމުގެ ގޮތުން ހިންގާފައިވާ އަމަލުތަކެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމަށެވެ.
14 Jul 2026
އަމްރިތާ ހޮސްޕިޓަލާއެކު އެއްބަސްވުން އާ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
އާސަންދައިން ބުނީ، އަލުން ބަލިމީހުން ފޮނުވޭނެ ސީދާ ތާރީހެއް އަދި ކަނޑަނޭޅުނު ނަމަވެސް އެގްރީމެންޓް އާކުރުމުގެ މުއާމަލާތްތައް ކުރިއަށްދާކަމަށެވެ.
14 Jul 2026
އެލްޖީއޭގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުކުރި އިއުލާނެއްގައި ބުނީ، އެލްޖީއޭ ބޮޑުގެ ތިން މެމްބަރެއްގެ ދައުރު ހަމަވާތީވެ، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.
14 Jul 2026
ދިރާގު ސްޓޯލުން ހާއްސަ އިނާމުތައް
މޯލްޑިވްސް ފުޑް ކާނިވަލް 2026ގެ ދިރާގު ސްޓޯލުން ހިލޭ ގޭމިންގ ހަރަކާތާއި ޑޭޓާ އަދި ކޭޝްބެކް ފަދަ އިނާމުތައް ލިބޭ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވެއެވެ.
14 Jul 2026
ޖަލުތަކުގެ ކަންކަން ވަރުގަދަކުރަން 22 ދުވަހުގެ އޮޕަރޭޝަނެއް، ބުނީ ކާމިޔާބު ކަމަށް
މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އާ ހަމައަށް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ، ހުޅުމާލެ، ކ. މާފުށި އަދި ކ. ހިންމަފުށީގަ އެވެ.
14 Jul 2026
ކަންނެލި ފެކްޓްރީގެ މަސައްކަތް 18 މަސްދުވަހުން ނިމޭނެ
ޝިޔާމް ވިދާޅުވީ، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދު ކުރެވޭ ފެކްޓްރީއެއް ގާއިމް ކުރުމަށް މިދިޔަ ހަފްތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
14 Jul 2026
މީޑިއާ ވިލޭޖުގެ މަސައްކަތް ނިމުމަކާ ގާތަށް
މެންހެޓަން ގްރޭންޑް ހޮޓެލްގެ ގްރައުންޑް ފްލޯގައި ތަރައްޤީކުރާ މީޑިއާ ވިލޭޖުގެ ފިނިޝިންގެ މަސައްކަތް ކުރިއަށްދާއިރު، މިމަހުގެ ނިޔަލަށް މަޝްރޫޢު ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.
14 Jul 2026
ހާލަންޑްގެ ރެކޫނު ސޯޝަލް މީޑިއާގައި
ވޯލްޑް ކަޕުން ގައުމަށް ދިޔަ ނޯވޭގެ ފޯވަޑް އާލިން ހާލަންޑް 750 ޑޮލަރުގެ ޓެކްސިޑަރމީ ރެކޫނެއް ހިފައިގެން އައުމުން އެކަން ސޯޝަލް މީޑިއާގައި ބޮޑު ވާހަކައަކަށްވެއްޖެއެވެ.