ދަރިވަރުންތަކެއް ގްރެޖުއޭޝަން ހަފްލާއެއްގައި... ފޮޓޯ: އެމްއެންޔޫ
ހަބަރު
24 Jan 2026 | 10:59
ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދަރިވަރުންގެ ލޯނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވި: ރައީސް

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަތީ ތައުލީމް ފޯރުކޮށްދިނުމަށް ކޯސްތަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޭދަ ކުރެވުނުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ތައުލީމީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުގައި ޤައުމީ ތަރައްޤީގެ އެންމެ މުހިންމު އެއް ބަހާއަކީ ތަޢުލީމު ކަމަށާއި، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުގެ ދަށުން އެކަނިވެސް 6،000 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވިފައިވާކަމަށެވެ. އަދި އެ ދަރުވަރުންގެ ޑިގްރީ ޕްރޮގްރާމްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ ތަޢުލީމީ ދުވަސް ފާހަގަކުރަމުންދާއިރު، ތަޢުލީމަކީ ދެމެހެއްޓެނިވި ތަރައްޤީއާއި ދުނިޔެއަށް އަންނަ ކުރިއެރުމުގެ އެންމެ މައިގަނޑު އަސާސްކަން އަޅުގަނޑުމެން ހަނދާން ކުރަންޖެހެއެވެ. އެގޮތުން ތަޢުލީމީ ނިޒާމު ބައްޓަންކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އެކުދިން ބާރުވެރިކުރުވުމަށާއި، އެންމެހައި ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ލިބޭ، މުޖުތަމަޢާ ގުޅޭ، އަދި ހެޔޮ ބަދަލުތަކެއް ގެނެސްދޭފަދަ ތަޢުލީމީ ނިޒާމެއް ކަށަވަރުކުރަްޖެހޭކަމަށެވެ.

ރައީސް ވިދާޅުވީ، ދަރިވަރުންގެ ކުރިއެރުމަށް އިންވެސްޓްކޮށް، ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަކީ ހަމައެކަނި ފަރުދުންގެ މުސްތަޤްބަލު ބައްޓަންކުރުމެއް ނޫން ކަމަށާއި، އެއީ ތަނަވަސް، ހަމަހަމަކަން ޤާއިމުވެފައިވާ، އަދި ދަތި ހާލަތްތަކުން އަރައިގަތުމުގެ ޤާބިލުކަން ލިބިގެންވާ ޤައުމެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. އެގޮތުންހުރިހާ  އެންމެން ގުޅިގެން މަސައްކަތްކޮށް، ކޮންމެ ދަރިވަރަކީވެސް ކުރިއަރައި ދިއުމުގެ ފުރުޞަތު ލިބިފައިވާ، އަދި ޤައުމީ ތަރައްޤީގައި ޢަމަލީގޮތުން ބައިވެރިވާ ކުއްޖަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭކަމަށް ރައީސްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ރައީސް ފާހަގަކުރެއްވިއިރު، ސަރުކާރުން މި ފަހަކުންވަނީ ތައުލީމީ ދާއިރާގެ އިންފްރާސްޓަކްޗަރ ތަރައްޤީކުރުމަށް ބޮޑު މަޝްރޫޢުއެއް ފަށާފައެވެ. އެގޮތުން ހުރިހާ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމާއި، ހޮވާލެވިފައިވާ އަތޮޅުތަކުގައި ދަރިވަރުން ތިބޭނެ ތަންތަނާއެކު ޔުނިވަރސިޓީ ކެމްޕަސްތައް ގާއިމްކުރުމަށް މިދިޔަ 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.