މިދިޔަ އަހަރު މަސްދަޅު ދޫކުރުން... ފޮޓޯ: އެސްޓިއޯ
ހަބަރު
24 Jan 2026 | 11:39
މާލެ ސަރަހައްދުގެ 15 ތަނަކުން މަސްދަޅުކޭސް ދޫކުރާނެ

ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް މިއަދުން ފެށިގެން މަސްދަޅުކޭސް ދޫކުރުމަށް ވަނީ ނިންމާފައެވެ. މަސްދަޅުކޭސް ދޫކުރުމުގެ މަސައްކަތް މިރޭ ފެށުމަށް ނިންމާފައިވާއިރު، އިއްޔެ މެންދުރު 12 އިން ފެށިގެން ވަނީ ނަމްބަރު ދޫކުރަން ފަށާފައެވެ. މަސްދަޅު ދޫކުރަން ފެށުމަށް ނިންމާފައިވަނީ މިރޭ 20:30 ފެށިގެންނެވެ. 

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ މަސްދަޅުހޯދުމަށް މިފަހަރު ރައްޔިތުން ކިއުގަ ޖެހެން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ. ކުރީ ފަހަރުތަކުގައި މަސްދަޅުކޭސް ހޯދުމަމަށް ދިގު ކިއޫއެއް ދަމާލާފައި އޮތެވެ. އަދި ކިއުތަކުގައި ގިނައިރު ތިބެންޖެހުނެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދމް ޝަރީފް ވިދާޅުވީ، މިފަހަރު މަސްދަޅު ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނީ، ކިއުގަ ނުޖެހި އެކަން ކުރެވޭ ގޮތަށްކަމަށެވެ. އެގޮތުން  ކިއުގައި ނުޖެހި، ޕޯޓަލް http://roadhahadhiya.mv އިން ޓޯކަން ނެގޭއިރު،. މުޅި ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ބޭނުންވާ 118673 މަސްދަޅު ކޭސް މިހާރު ވަނީ ތައްޔާރުކޮށް ނިމިފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިދިޔަ ފަހަރު މަސްދަޅު ހޯދަން ހިޔާ ޓަވަރު ކައިރީ ކިއު ދަމާލާފައި.. ފޮޓޯ: ވޮއިސް

މިފަހަރު ގްރޭޓާ މާލެ ސަރަހައްދުގެ 15 ތަނަކުން މަސްދަޅު ދޫކުރުމަށް ވަނީ ނިންމާފައެވެ. އެއީ މާލޭގެ 8 ސަރަހައްދަކާއި ހުޅުމާލެ 6 ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ 1 ސަރައްދުންނެވެ.

މާލެ ސަރަހައްދުން މަސްދަޅު ދޫކުރާ ތަންތަން:

ވިލިމާލެއިން މަސްދަޅު ދޫކުރާ ތަން:

ހުޅުމާލެ ފޭސް އެކަކުން މަސްދަޅު ދޫކުރާ ތަންތަން:

ފޭސް ދޭކުން މަސްދަޅު ދޫކުރާ ތަންތަން:

މިދިޔަ އަހަރާ އަޅާބަލާއިރު މަސްދަޅު ދޫކުރާ ތަންތަނުގެ އަދަދު އިތުރުކޮށްފައިވާއިރު، މީގެ ބޭނުމަކީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް މަސްދަޅު ދޫކުރުމުގެ ކަންކަންކޮށް ނިންމުންކަމަށް ވުޒާރާއިން ބުނެއެވެ. ކޮންމެ ރެއަކުވެސް މަސްދަޅު ދޫކުރާ ތަންތަނުން 300 ޓޯކަންއަށް މަސްދަޅު ދޫކުރުމަށް ވަނީ ނިންމާފައެވެ. 

މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. މި މަސައްކަތް ކުރިއަށް ދާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރޯަދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ނިންމާފައިވަނީ ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.