ވަތަނީ ބެޗުގެ ބައިވެރިވާ ދަރިވަރުން ފުރުން..
ހަބަރު
24 Jan 2026 | 14:15
ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުގެ ބައިވެރިން ތަމްރީނުތަކަށް ފުރައިފި

ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗުގެ ބައިވެރިން ތަމްރީނުތަކަށް މާފިލާފުއްޓަށް ދިއުމަށް މިއަދު ފުރައިފިއެވެ.

ޤައުމީ ދިފާއީ ވުޒާރާއިން މިއަދު ބުނީ، ނެޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގައި 112 ރަށަކުން 258 ފިރިހެން އަދި 64 އަންހެން ދަރިވަރުން ހިމެނޭހެން ޖުމްލަ 350 ދަރިވަރުން ބައިވެރިވާކަމަށެވެ. މި ތަމްރީނުތަކުގައި ދަރިވަރުން 3 މަސްދުވަސް ހޭދަކުރާނެއެވެ. ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު ހުންނަ ޅ.އަތޮޅު މާފިލާފުށީގައެވެ.

މި ޓްރެއިނިން ގައި ހިމެނޭ ބައިތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި، ދީނީތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑް، ފަޔަރފައިޓިންގ، ލޭންގުއޭޖް ޕްރޮފިޝެންސީ، ހަށިހެޔޮކަމާއި ފެތުމާއި މޫދަށް އަހުލުވެރިވުން ހިމެނެއެވެ. މީގެ އިޔުރުން ހެވިކަމާއި ކަސްރަތާއި ކުޅިވަރު އަދި ކޭމްޕިން އާއި ފީލްޑް އެކްޓިވިޓީތައްވެސް ހިމެނެއެވެ.

ވަތަނީ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުން ފުރުން..

ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިން ފޔރިހަމަ ކުރުމުން ހާސިލްކުރެވޭނެ ސަނަދުތަކުގެ ތެރޭގައި ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކެޗަން އެންޑް ލީޑަރޝިޕް، ކޮމިޔުނިޓީ ވޮލަންޓިއަ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިދް ސެތްފިކެޓް އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހިމެނެއެވެ.

ވަތަނީ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުން ފުރުން..

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ބެޗު ނިމިފައިވާއިރު، މި ކޯޙުގައި ރާއްޖޭގެ 108 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވި އެވެ. 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ބައިވެރިވި އެ ކޯހުގައި ދަސްވެނިވި ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރެވެ.

13 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، 344 ދަރިވަރުން ވަނީ ދަސްވެނިވުނުއިރު، މީގެ ތެރެއިން 96 އިންސައްތަ ދަރިވަރުން ވަނީ ތަމްރީނުގައި ކަނޑައަޅާފައިވާ މިންގަނޑުތައް ހާސިލުކޮށް، ސެޓިފިކެޓް 3 އިން ސިވިކް އެޑިޔުކޭޝަން އެންޑް ލީޑާޝިޕް އެވޯޑް ހާސިލުކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.