ކުރީގެ ރައީސް މުޙައްމަދު ނަޝީދު --
ހަބަރު
24 Jan 2026 | 21:29
ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ދިވެހީންނަށް ލިބުމުގެ ފުރުސަތު އަދި ނުގެއްލޭ: ނަޝީދު

ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ދިވެހީންނަށް ލިބުމުގެ ފުރުސަތު އަދި ނުގެއްލޭ ކަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ނަޝީދުގެ ޕޯސްޓްގައި ވިދާޅުވީ ފޯޅަވަހި ހިމެނޭ ޗާގޯސް ޖަޒީރާތައް މޮރިޝަސްއަށް ދިނުމުގެ ބިލް، އިނގިރޭސި މަތިގެ (ހައުސް އޮފް ލޯޑްސް) ގެ ވޯޓަށް ތައްޔާރުވެފަައި ވަނިކޮށް އަނެއްކާ ބިލަށް ވޯޓް ދިނުން ވަނީ ފަސްކޮށްފައި ކަމަށެވެ.

އެމަނިކުފާނު ވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ދިވެހިރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި ނުގެއްލޭ ކަމަށް ވިދާޅުވެފަ އެވެ.

ޗާގޮސް އައިލެންޑްސް ނުވަތަ "ފޯޅަވަހި" ގެ ނަމުން މަޝްހޫރުވެފައިވާ ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސްއަށްވުރެ ހައްގުކަންބޮޑީ ރާއްޖެއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއިސްއާ ފޯޅަވަހި އޮތީ 1,300 މޭލު ދުރުގައެވެ. ނަމަވެސް ރާއްޖޭގެ ވެރިރަށް މާލެއާ ފޯޅަވަހި އޮތީ އެންމެ 310 މޭލު ދުރުގައެވެ. މީގެ އިތުރުން، ފޯޅަވަހިން ފެނިފައިވާ 900 އަހަރަށްވުރެ ބާދަވެފައިވާ މަހާނަގާތަކުގައި ދިވެހި ބަހުން ލިޔުންތައް ހުރިކަމީ އެތަނާއި ދިވެހިންނާ އޮތް ޒަމާންވީ ގުޅުމުގެ ހެއްކެކެވެ. 16 ވަނަ ގަރުނުގެ ދިވެހި ރަސްކަލެއްގެ ފަތްކޮޅުތަކުންވެސް ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ބާރު ހިނގާކަން އެނގެން އެބައޮތެވެ. މިއީ މޮރިޝަސްގައި އިންސާނުން ވަޒަންވެރިވުމުގެ 100 އަހަރު ކުރިއެވެ.

ކޮމެންޓް
ޙާމިދު
ޑެން މަލިކު އެއިއްޔޯ ކީއްވެ ހޯދާން ނޫޅެނީ ވާހަކަ ދައްކަނީވެސް ދިވެހިބަހުން ލިޔެ ހަދަނީވެސް ހަމަ ދިވެހި އަކުރުތަކުން
24 Jan 2026
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.