މިރޭގެ އިވެންޓްގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ
ހަބަރު
26 Jan 2026 | 23:11
ރައީސަކާއެކު މަސައްކަތްކުރާނެ ކައުންސިލެއް އޮތުން މުހިއްމު: މެޑަމް ސާޖިދާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު މަސައްކަތް ކުރާނެ ކައުންސިލެއް އޮތުން މުހިއްމު ކަމުގައި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީގެ މާފަންނު ދެކުނު ދާއިރާގެ ކައުންސިލު ގޮނޑިއަށް ޕީއެންސީގެ ޓެކިޓުގައި ވާދަކުރައްވާ ކެންޑިޑޭޓާއި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެ ދާއިރާ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގައި އެކަމަނާ ވަނީ ފިރިކަލުން، ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅަށް ތައުރީފު ކުރައްވާފަ އެވެ.

މިރޭގެ އިވެންޓްގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ 

ހައުސިން މިނިސްޓަރު ކަމުުގައި ހުންނަވައިގެން އަދި މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމުގަައި ހުންނައިގެން މާލެއާ މާފަންނަށް އެމަނިކުފާނު ގެންނެވި މުހިންމު ބަދަލުތައް ހިއްސާ ކުރެއްވި އެވެ.

އަދި ވިދާޅުވީ ރައީސަކީ ރެއާއި ދުވާލު ނިދި ނަންގަވައިލައްވައިގެން ރައްޔިތުންގެ ހައްގުގައި ނުހަނު ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ލީޑަރެއް ކަމަށެވެ. އެހެން ކަމުން އެމަނިކުފާނާއެކު މަސައްކަތް ކުރާނެ ކައުންސިލެއް އޮތުން މުހިއްމު ކަމުގައި ވިދާޅުވި އެވެ.

މިރޭގެ އިވެންޓްގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ 

ސާޖިދާ ވިދާޅުވީ ސަރުކާރާ ދެކޮޅު ވިސްނުމުގައި އިންތިހާބުވާ ބަޔަކު މެދުވެރިވެ ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. އެހެން ކަމުން ވޯޓްލާއިރު އެކަމަށް ވިސްނެވުމަށް އެދިވަޑައިގަތެވެ.

މިރޭގެ އިވެންޓްގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ 

މިރޭގެ އިވެންޓްގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ 

މިރޭގެ ހަފްލާގައި ފަސްޓްލޭޑީ ވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތައުރީފު ކުރައްވާ އޭނާއަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އަދި މާލެ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ވެސް އެދިވަޑައިގަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.