ހުރާގައި ހަދަމުންދާ ގެސްޓްހައުސްއެއް... ފޮޓޯ: ވޮއިސް
ހަބަރު
03 Feb 2026 | 11:22
ގެސްޓްހައުސް އެޅުމަށް ހުރާއިން 25 ބިން ދޫކުރަނީ

ކ. ހުރާގައި ގެސްޓުހައުސް އެޅުމަށް، ހުރާއިން އަލަށް ހިއްކާފައިވާ ސަރަހައްދުގެ ބިމުން، ޖުމްލަ 25 ބިމެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން އިއްޔެ އިއުލާނުކޮށްފިއެވެ.

މި އިއުލާނުގައިވާ ގޮތުގައި، ގެސްޓުހައުސް އަޅަން އެ ބިންތައް ދޫކުރަނީ 50 އަހަރަށެވެ. އަދި މި 25 ބިމުގެ ތެރެއިން 8 އަށް ބިމަކަށް ކުރިމަތިލެވެނީ، ހުރާގައި ރަށްވެހިވެފައިވާ މީހުންނަށް އެކަންޏެވެ. ބާކީ 17 ބިމަކަށް ކޮންމެ މީހަކަށް ވެސް ކުރިމަތިލެވެއެވެ.

ހުރާގެ ރަށްވެހިންނަށް ދޫކުރާ 8 ބިމަށް ހުށަހަޅާ ބިޑު ފޯމެއްގެ އަގަކީ، 10،000 ރުފިޔާއެވެ. އެ ބިންތަކުގެ ބިޑު ބަލައިގަތުމަށް އެދޭ ފޯމުތައް ބަލައިގަނެ، ދޫކުރާނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެ 12:30ގެ ނިޔަލަށެވެ. ބާކީ 17 ބިމުގެ ބިޑު ފޯމުގެ އަގަކީ، 25،000 ރުފިޔާއެވެ. އެ ބިންތައް ހޯދުމަށް ބިޑު ފޯމު ދޫކުރާނީ، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 12:30ގެ ނިޔަލަށް ހުރާ ކައުންސިލް އިދާރާއިން ކަމަށް މައުލޫމާތުލިބެއެވެ. 

ގެސްޓްހައުސް ހެދުމަށް ދޫކުރާ އެ ބިންތަކުގެ ބީލާމާ ގުޅޭ މައުލޫމާތު ބައްދަލުވުން އޮންނާނީ، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 10:00ގައި ހުރާ ކައުންސިލް އިދާރާގެ ހުރަވީ މާލަމުގައި ކަމަށްވެސް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ. 

ހުރައަކީ ގެސްޓްހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ރަށެކެވެ. އަދި އަލަށް ގާއިމުކުރުމަށް ހަމަޖެހިގފައިވާ ގެސްޓުހައުސްތަކުގެ ސަބަބބުން މި ވިޔަފާރި އިތުރަށް ފުޅާވާނެކަމަށް ލަފާކުރެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
މަގުމަތި އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ މުހިންމީ ކޮންކަމެއް؟
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި އުޅަނދު ދުއްވާ ފަރާތްތަކުގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ މަގު ބޭނުންކުރާ ހަމަ އެންމެންގެވެސް ޒިންމާއެކެވެ
08 Oct 2026
ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ރަނިންމޭޓަކަށް މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ. ރައީސް ޞާލިޙްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
08 Oct 2026
އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
މިމަހުގެ 14 ވަނަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ނިންމާފައިވާއިރު، ސިޓީގެ މައްޗަށް ދައުވާތައް ސާބިތުވި ދުވަހުވެސް ގާޑިއޯލާ ވަނީ އެ ކްލަބާއެކު ހުރިކަމަށް ބުނެފައެވެ.
08 Oct 2026
މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ
މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން އެއްޗަކަށްވާނެއެވެ. މި ތައްޔާރު ކޮށްލަންވެސް މާ ގިނަ ވަގުތެއް އަދި އެއްޗެއްވެސް ބޭނުމެއް ނުވާނެއެވެ.
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.