އާއިޝަތު އަލައިކާ އަދުނާން-- ފޮޓޯ/ ވޮއިސް
ހަބަރު
07 Feb 2026 | 11:50
އެންމެ ބޮޑު އިސްކަމެއްދޭނީ އިގްތިސާދުގައި އަންހެނުން ހިއްސާވުން އިތުރުކުރުވަން: އަލައިކާ

މާލެސިޓީގެ މޭޔަރަކަށް ކުރިމަތިލުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އަންހެނުން ބާރުވެރިކުރުވައި، އެމީހުންނަކީ އަމިއްލަ މަސައްކަތުން އުޅެވޭނޭ ބައެއްކަމުގައި ހެދުންކަމަށް ޕީއެންސީގެ ފަރާތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ ކެނޑިޑޭޓް، އަލްއުސްތާޛާ އާއިޝަތު އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ.

ބްރާސްފަތިދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އަލައިކާ ވިދާޅުވީ، އަންހެނުންގެ ހިއްސާވުން ދިވެހި އިގްތިސާދުގައި އިތުރުކުރުވާ، އަންހެނުންނަށް އިގްތިސާދީ އަދި ވިޔަފާރިއާއި އުފެއްދުންތެރިކަމުގައި ކުރިއަރަން ފުރުސަތު ފަހިކޮށްދިނުމަކީ އޭނާގެ އެންމެ އިސްކަންދޭނޭ އެއް މަސައްކަތްކަމަށެވެ.

އަލައިކާ ވިދާޅުވީ އިގްތިސާދީގޮތުންނާއި، މާލީ ގޮތުންނާއި، ފުދުންތެރިކަމުގެ ގޮތުން އަބަދުވެސް އަންހެނުން ކޮންމެސް މީހަކަށް ބަރޯސާކޮށްފައި ބޭތިއްބުމަކީ ބޯދާ ވިސްނުމެއްކަމަށެވެ.  

އަޅުގަނޑު ބޭނުންވަނީ މީހެއްގެ ގައިގައި ލައްނުވެ އަމިއްލަ މަސައްކަތުން، އަމިއްލަ ފައިމަތީގައި އާއިލާއެއް އަޅާލައިގެން އުފަލުގައި ގެންގުޅެވޭނެ އަންހެން އާބާދީއެއް، އަންހެން މުޖުތަމައެއް އުފައްދައިދޭން

އާއިޝަތު އަލައިކާ އަދުނާން

އޭނާ އިތުރަށް ވިދާޅުވީ އަންހެނުން ބޭނުންވަނީ އިގްތިސާދީ ހަމަހަމަ ފުރުސަތާއި، މާލީ ގޮތުން ހިންދެމިލާނެ ހަމަހަމަ ފުރުސަތުކަމަށެވެ. މިކަންކަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ތެރެއިން ކުރެވޭނޭކަން ފާހަގަކުރައްވަމުން އަލައިކާ ވަނީ ކޮމިޓީއާ ދޭތެރޭ މިހާތަނަށް ދެކެމުންއައި ގޮތް ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

އަދި މި ހަމަހަމަ ފުރުސަތު ފުޅާކޮށްދީ، ވާގިވެރި ކަމާއި ޖާގަ ފޯރުވައިދީފިނަމަ ޑަބްލިއުޑީސީގެ ތެރެއިން ދިވެހި އަންހެނުން ނުކުމެ ދިވެހި އިގްތިސާދު ކޮޅަށް ޖަހާނެކަމުގެ ޔަގީންކަން އަލައިކާ ވަނީ ދެއްވާފައެވެ.  

ކޮމެންޓް
ޢަބްދުﷲ
މާލޭ ސިޓީ މޭޔަރޭތޯ
07 Feb 2026
ގުޅޭ ލިޔުންތައް
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.