މޭޔަރުކަމަށް ވާދަކުރައްވާ އިބްރާހިމް ހަސަން (ކުޑަ އިއްބެ) ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ.. ފޮޓޯ: ޕީއެންސީ
ހަބަރު
07 Feb 2026 | 12:24
ވާނީ ކުޅުދުއްފުއްޓަށް އަމަލުން ކަންކަން ކޮށްދޭނޭ ބަޔަކަށް: ކުޑަ އިއްބެ

ކުޅުދުއްފުށީ ސިޓީއަށް ބޭނުންވަނީ އަމަލީގޮތުން ތަރައްޤީގެ ކަންކަން ގެނެސްދޭނޭ ޓީމެއްކަމަށާއި، ޕީއެންސީގެ ޓީމް ވެގެންދާނީ އެ ސިތީއަށް އަމަލީގޮތުން ތަރައްޤީ ގެނެސްދޭނޭ ބަޔަކަށް ކަަމަށް ޕީއެންސީގެ ޓިކެޓުގައި މޭޔަރުކަމަށް ވާދަކުރައްވާ އިބްރާހިމް ހަސަން (ކުޑަ އިއްބެ) ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ޕީއެންސީގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ކުޑަ އިއްބެ ވަނީ މީގެކުރިން ތަޖުރިބާ ކުރެވުނު ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން އިދިކޮޅުން މީގެކުރިން އެންމެބޮޑަށް ވިއްކަން މަސައްކަތްކުރި ހޯމްސްޓޭ ފަދަ ދާއިރާތައް ކުރިއަށް ގޮސްފައިނުވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކުޑަ އިއްބެ ވިދާޅުވީ، ހަގީގީ ތަރައްގީއަކީ ސިޓީގެ ތަނަވަސްކަމާއި މުއްސަނދިކަމާއި މި ސިޓީގެ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެ ގުދުރަތީ ވަސީލަތްތަކުގެ ފައިދާ އެންމެހާ ރައްޔިތުންނަށް ހަމަހަމަޔަށް ލިބުން ކަމަށެވެ. ހަގީގީ ތަރައްގީއަކީ އިޖުތިމާއީ ގޮތުން މި ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބުންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ފާއިތުވެދިޔަ ދައުރުތަކުގައި މި ސިޓީގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް އެކަށީގެންވާ ވަރާ ގާތަށްވެސް މަސައްކަތްކޮށްފައި ނުވުންކަމަށެވެ.

ފާއިތުވެދިޔަ ދައުރުތަކުގައި މި ސިޓީގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް އެކަށީގެންވާ ވަރާ ގާތަށްވެސް މަސައްކަތް ކުރެވިފައިނެތް. އެބޭފުޅުންގެ އިގްތިސާދީ ސިޔާސަތުގެ ތެރެއިން އެންމެބޮޑަށް ވިއްކި ހޯމްސްޓޭވސް ތަނެއްގައި ނެތްކަން

އިބްރާހިމް ހަސަން (ކުޑަ އިއްބެ)

އޭނާ ވިދާޅުވީ ތަރައްޤީގެ ނަމުގައި މިދިޔަ ދުވަސްތަކުގައި ކުރެވުނު ކަންކަމުން ރައްޔިތުންނަށް، އަދި ރައްޔިތުންގެ ޖީބަށް ވަން އެއްޗެއް ނެތް ކަމަށެވެ. ފަށުއި ބަސްތަކުން، ބޮޑެތި ސިޓީތަކަށް މީހުން އަރާނެ ސަބަބުތަކާއި ގޮތްތައް ކިޔައިދެވިދާނެ ކަމަށާއި، ޕީއެންސީގެ ފަރާތުން ވާދަކުރާ ޓީމުން އެކަންކަން އަމަލީގޮތުން ދައްކާނޭކަން ކުޑަ އިއްބެ ވަނީ ފާހަގަކުރައްވާފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި 50 މިލިއަނެއްހާ ރުފިޔާ ލިބޭއިރު، އަހަރީ ބަޖެޓްގެ ގޮތުގައި 100 މިލިއަން ރުފިޔާ ހަރަދުކުރެވޭއިރު، އެކަމުން ރައްޔިތުންނަށް މިހާތަނަށް ލިބުނު މަންފާއެއް ނެތްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަމާޒަކީ ކުޅުދުއްފުށީ ސިޓީއަކީ ރާއްޖޭގެ ކޮމާޝަން ކެޕިޓަލް ކަމުގައި ހެދުން ކަމަށާއި، ޕީއެންސީގެ ޓީމުން މަސައްކަތް ކުރާނީ، އެ އަމާޒަށް ވާސިލްވުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.