އައްޑޫގައި ހުޅުވި އައިނު ފިހާރަ --
ހަބަރު
08 Feb 2026 | 00:13
އަތޮޅުތެރޭގައި ސަރުކާރުގެ ފުރަތަމަ އައިނު ފިހާރަ އައްޑޫގައި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އަތޮޅުތެރޭގައި ހުޅުވި ފުރަތަމަ އައިނު ފިހާރަ އައްޑޫ ސިޓީގައި ހުޅުވައިފި އެވެ.

އައިނު ހެއްދުމަކީ މާލީ ގޮތުން އޮތް ބޮޑު ބުރައަކަށްވުމުން އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ވަނީ ސަރުކާރުގެ އައިނު ފިހާރަތަކެއް ހުޅުވަން ނިންމާފަ އެވެ. އެގޮތުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މާލެއާ ހުޅުމާލޭގައި އައިނު ފިހާރަ ހުޅުވި އެވެ. އަދި އަތޮޅުތެރޭގެ ބޮޑެތި ސިޓީތަކާއި ރަށްތަކުގައި ވެސް އައިނު ފިހާރަ ހަދަން ނިންމި އެވެ.

އެގޮތުން މިއަދު ވަނީ އަތޮޅުތެރޭގައި ހުޅުވި ފުރަތަމަ އައިނު ފިހާރަ އައްޑޫ ސިޓީގައި ހުޅުވާފަ އެވެ.

އެ ކާމިޔާބީއާ ގުޅޭގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުލްރައްޒާގް ހަލީމް ވިދާޅުވީ އަދަކީ އައްޑޫ ސިޓީގެ އިތުރުން ދިވެހިރާއްޖޭގެ ދެކުނުގެ ސިއްހީ ދާއިރާއަށް ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ދުވަހެއްކަމަށެވެ.

"މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އައިނު ފިހާރައިގެ ޚިދުމަތް އައްޑޫ ސިޓީގައި ފެށިގެން ދިއުމަކީ، ރައްޔިތުންގެ އަސާސީ ބޭނުންތަކާ ސީދާ ގުޅިފައިވާ ނުހަނު ބޭނުންތެރި ކުރިއެރުމެއް,"

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މި ޚިދުމަތް ގާއިމުކޮށް، މިއަދު ރަސްމީކޮށް އިފްތިތާހު ކުރެވިގެން ދިއުމަކީ އައްޑޫ އަދި ހާއްސަކޮށް ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން އެތަށް ފަސޭހަކަމެއް ގެނުވާނެކަމެއްކަން ފާހަގަ ކުރައްވާ އެ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހަލީމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

"ހަމައެއާއެކު، އަތޮޅުތަކުގެ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރައްވައި، ރައްޔިތުންނަށް އިތުބާރު ހުރި ދެމެހެއްޓެނިވި ސިއްހީ ނިޒާމެއް ބިނާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށާއި، އެމަނިކުފާނު ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްޕުޅުތަކަށް ނުހަނު އިޙްތިރާމާއެކު ޝުކުރު ދަންނަވަން," ޙަލީމް ވިދާޅުވި އެވެ.

އާންމުންގެ ބޮޑު ޑިމާންޑެއް, މިހާތަނަށް 13,000 އައިނު ދޫކޮށްފި

ހަލީމް ވިދާޅުވި ގޮތުގައި އައިނު ފިހާރައަށް ބޮޑު ޑިމާންޑެއް އެބަ އޮތެވެ. އެ ގޮތުން މިހާތަނަށް 13,000 ވުރެ ގިނަ މީހުންނަށް ވަނީ ހިދުމަތް ދީފަ އެވެ. އަދި އެ އަދަދާއި ގާތް ކުރާ މިންވަރަކަށް ވަނީ އައިނު ވެސް ހައްދައިދީ ހަވާލުކޮށްފަ އެވެ.

ސަރުކާރުގެ އައިނު ފިހާރައިން އެއްވެސް އަގެއްްނެތި އައިނު ހައްދައި ދެ އެވެ. މިއީ ގިނަ ބަޔަކަށް ވަރަށް ބޮޑު ފަސޭހައެއް ގެނުވި ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ