އައްޑޫސިޓީ މޭޔަރ ކެނޑިޑޭޓް މުޝްރިފް ޖަލްސާގައި... ފޮޓޯ: ޕީއެންސީ
ހަބަރު
08 Feb 2026 | 07:06
އައްޑޫގެ ފަހްރުވެރި މާޒީ އިއާދަކުރަންޖެހޭ: މޭޔަރ ކެނޑިޑޭޓް މުޝްރިފް

އައްޑޫއަކީ ފަހުރުވެރި މާޒީއެއް އޮތް ތަނެއް ކަމަށާއި، އައްޑޫގައި އިހުއޮތް ފެންވަރު އަލުން އިއާދަކުރަން ޖެހިފައިވާކަމަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި އައްޑޫސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް މުޝްރިފް އަލީ (މުޝްރިފް) ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ އައްޑޫސިޓީގެ ކެމްޕެއިން އިފްތިތާހްކުރުމަށް ބޭއްވި ޖަލްސާގައި މުޝްރިފްގެ ވާހަކަތައް މައިގަނޑުގޮތެއްގައި އަމާޒުކުރައްވާފައިވަނީ، ސިޔާސީ ވާހަކަތަކަކަށްވުރެ ބޮޑަށް އައްޑޫގެ އިހުއޮތް ފެންވަރާއި ހަޤީގީ އައްޑޫ އޮންނަންޖެހޭ ފެންވަރާ ގުޅޭގޮތުންނެވެ. 

މުޝްރިފް ވިދާޅުވީ ތާރީހަށް ބަލާއިރު އައްޑޫސިޓީއަކީ ހުނަރުވެރި މަސައްކަތްތެރި، އިލްމީ ބަޔަކު އުޅުނު ތަނެއްކަން އެނގޭކަމަށެވެ. އައްޑޫއަކީ އާދައިގެ ތަނެއް ނޫންކަން ފާހަގަކުރައްވަމުން މުޝްރިފް ވިދާޅުވީ، އެވޭލާ ޒަމާނުގެ ވަޒަންވެރިވުންތަކާ ހިސާބުން އައްޑޫއަކީ ނިޔަމިކަމާއި، މަސައްކަތްތެރިކަމުގެ ހުނަރުވެރިކަމާއި، އާދަކާދަތަކާއި، ހަރުދަނާ ޝަހްސިއްޔަތު ހުރި ބަޔަކު އުޅުނު މުއްސަނދި ތާރީހެއް އޮތް ތަނެއްކަމަށެވެ. މިއަދު އައްޑޫ ފެނިގެންދަނީ އެންމެކުޑަމިނުން ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައްވެސް ނުކުރެވި، ތަރައްޤީއާ ތަހުޒީބުގެ މިސްރާބުން ކަޝިޔާރުވެ މިސްރާބް ގެއްލިފައިވާ ތަނެއްގެ ގޮތުގައިކަމަށް މުޝްރިފް ވިދާޅުވިއެވެ.

މުސްރިފް ވިދާޅުވީ އައްޑޫގެ ގިނަ ރައްޔިތުން އާއިލާ ދޫކޮށްލާފައި ވަޒީފާގެ ބޭނުމަށް އައްޑޫން ބޭރަށްދިއުމަކީ އެ ސިޓީއަށް ލިބޭ ވަރަށްބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

އެންމެ ބޮޑު އެއް މައްސަލައަކީ އައްޑޫގަ ތިބި ހުނަރުވެރި އިލްމީ ސިކުނޑިތައް އެހެން ތަންތަނަށް ހިޖުރަކުރުން 

ކެނޑިޑޭޓް މުޝްރިފް އަލީ (މުޝްރިފް)

އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން އާއިލާތަކުގެ ގުޅުން ހީނަރުވެ އައްޑޫގެ އިޤްތިޞާދަށް ގެއްލުންވަމުންދާކަމަށެވެ. އެގޮތުން ބޭނުންވަނީ އައްޑޫގެ ހުނަރުވެރި ދަރިންނަށް އެކަށީގެންވާ ފުރުޞަތުތައް މި ސިޓީގައި ޤާއިމުވުންކަމަށް ވިދާޅުވިއެވެ.

ޖިއޮގްރަފީގޮތުން ބަލާނަމަ އައްޑޫއަކީ ކިހާ މުހިންމު ތަނެއްކަން ތާރީހަށް ބަލާއިރު އެނގެން އޮންނަ ކަމަށާއި، އެންމެކުރިން ދުނިޔޭގެ ބޮޑުހަނގުރާމަތައް ކުރެވިގެން ދިޔައިރު، ބާރުތަކުން އައްޑޫގެ ބޭނުންކޮށްފައިވަނީ މި ތަނަކީ މުހިންމު ތަނަކަށް ވާތީކަމަށެވެ. 

މުޝްރިފް ވިދާޅުވީ އޭނާ މޭޔަރުކަމަށް ކުރިމަތިލީ މިކަންކަން ހާސިލްކުރަން ކަމަށާއި، ކުރިއަށްއޮތް ދުަވަސްތަކުގައި އޭނާ އާއި ޕީއެންސީގެ ކެނޑިޑޭޓުންގެ ޓީމުން އައްޑޫގެ ތަރައްޤީއަށް ރާވާފައިވާ ކަންކަން ހިއްސާކުރަމުން ދާނޭކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.