އިކޮނޮމިކް މިނިސްޓަރު ސައީދު... ފޮޓޯ: ޕީއެންސީ
ހަބަރު
08 Feb 2026 | 08:24
ގޫގުލް އައްޑޫ ޕްރޮޖެކްޓުން އެކަނިވެސް ހީނުކުރާވަރުގެ ކުރިއެރުމެއް ލިބިގެންދާނެ: ސައީދު

މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ގޫގުލް އިން އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުއިން އެކަނިވެސް އެ ސަރަހައްދަށް ހީނުކުރާވަރުގެ ކުރިއެރުންތަކެއް ލިބިގެންދާނޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ގޫގުލްއިން ވަނީ އައްޑޫސިޓީގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރުމަށް ނިންމާފައެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ، ގޫގުލްއިން އައްޑޫސިޓީގައި ގާއިމްކުރާ ކޭބަލް ލޭންޑިން ސްޓޭޝަނުގެ ސަބަބުން އައްޑޫގެ ކުރިމަގުގެ އިގްތިސާދީ ހާއްސަކޮށް ޑިޖިޓަލް އިކޮނޮމީގެ ލޭންޑްސްކޭޕް ބަދަލުވެގެންދާނީ ދުނިޔޭގެ ފެންވަރުގައިކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މިކަން ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި ގޫގުލްގެ އިސްފަރާތްތަކާ ބައްދަލުކުރެއްވި ހިސާބުން ކަމަށާއި، އެގޮތުން މިއީ އެމަނިކްފާނު އައްޑޫސިޓީއަށް ގެނެސްދެއްވުމަށް އެދިވަޑައިގަތް ޕްރޮޖެކްޓެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެ ފަހުން ގާތްގަނޑަކަށް އަހަރަކާއި ދޮޅުއަހަރު ތެރޭގައި ކުރެވިގެންދިޔަ މަސައްކަތް މުޅި ސަރުކާރު ތެރޭގައި ކުރެވިގެންދިޔަ މަސައްކަތުގެ ނަތީޖާއަކީ މިއަދު އެ އަށް ބޭނުންވާ ހުރިހާ މަސައްކަތެއް މިވަނީ ނިމިފަ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މިނިސްޓަރު ވިދާޅުވީ، ބިންވެސް ލިބިފަ، ގޫގުލް ޕްރޮޖެކްޓް ފެށުމަށް އެބޭފުޅުން ހަދާ އެކި އެކި އިންވެސްޓިގޭޝަންސްތަކުގެ ހުރިހާ ކަމެއްވެސް ނިމި ކުންފުނިވެސް ރެޖިސްޓްރީ ކޮށް، އިންވެސްޓްމަންޓްވެސް ރެޖިސްޓްރީ ކޮށްފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ  އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ގޫގުލްއިން އައްޑޫސިޓީގައި ގާއިމްކުރާ މި މަޝްރޫޢުގެ ސަބަބުން ރާއްޖެ ވެގެންދާނީ އޭޝިޔާ އާއި އޯޝޭނިޔާ އާއި އެފްރިކާ އާއި މެދުއިރުމަތި އަދި ޔޫރަޕް ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައި ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރެވޭ އިންޓަނޭޝަނަލް މި ކަނެކްޓިވިޓީ ޕޮއިންޓްތަކާއެކު ރާއްޖޭގެ އިޤްތިސާދީ ތަރައްޤީއަށް މަގުފަހިވެ ސަރަހައްދީ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ވެގެންދާނެއެވެ.

ގޫގަލްގެ މި އިންވެސްޓްމަންޓްގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.