ތެލަސީމިއާއަށް ތަހްލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީ ހުޅުވުން --
ހަބަރު
08 Feb 2026 | 19:40
ބްލަޑް ސާވިސަސް ގައި ތެލަސީމިއާއަށް ތަހްލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީއެއް

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބެލުމުގެ ދަށުން ހިނގަމުން އަންނަ މޯލްޑިވިއަން ބްލަޑް ސާރވިސަސްގައި ތެލަސީމިއާއަށް ތަހްލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީ ހުޅުވައިފި އެވެ.

މިއަދު އޮތް ހަލްފާއެއްގައި މި ލެބޯރެޓަރީ ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުالله ނާޒިމް އިބްރާހިމް އެވެ. ސަރުކާރުން ބުނި ގޮތުގައި މިއީ މިއީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން "ލޭގެ ބަލިތަކަށް ޚާއްސަ ކުރެވިގެން ވަށާ ޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުން" މި ވަޢުދުފުޅާ ގުޅިފައިވާ މުހިންމު ހިދުމަތެކެވެ.

ތެލަސީމިއާއަށް ތަހްލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީ ހުޅުވުން --

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެކްޒެކެޓިވް އޮފިސަރ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި މި ލެބޯރެޓަރީން އާއިލީގޮތުން ވާރުތަކުރާ ލޭގެ މިއުޓޭޝަންސްގެ މުހިއްމު ބާވަތްތައް ރާއްޖޭގައި ތަހްލީލު ކުރެވި ނަތީޖާ ލިބިގެންދާނެ އެވެ. އަދި ޖުމްލަ 27 ބާވަތެއްގެ މިއުޓޭޝަންސް ދެނެގަނެވޭނޭ ކަން ފާހަގަ ކުރެއްވި އެވެ. 

މިއީ، ލޭގެ ފަރުވާ ހޯދާ މީހުންނަށް ވަރަށް މުހިއްމު ތަހުލީލު ތަކެއްކަމާއި، ރާއްޖޭގައި ފެންނަ ލޭގެ ބަލީގެ ބާވަތްތަކަށް ބަލައި، މިކަމަށް ހާއްސަ ކުރެވިފައިވާ ކިޓްތަކެއް ފަރުމާ ކުރެވިފައި ވަނީ ދިވެހީންނަށް ހާއްސަ މިންގަނޑުތަކަކަށް ރިއާޔަތް ކުރެވިގެންކަން ވެސް ހަލީމް ފާހަގަ ކުރެއްވި އެވެ. 

ތެލަސީމިއާއަށް ތަހްލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީ ހުޅުވުން --

އަދި ލޭގެ މިއުޓޭޝަންތަކުގެ ތެރެއިން މީގެ ކުރީން ހަދަމުން އައި ތަހްލީލުތަކުން ދެނެނުގަނެވޭ މުޙިއްމު މިއުޓޭޝަންސްތައް ދެނެގަނެވޭނެ ކަމުގައި ވިދާޅުވި އެވެ. 

މިއީ ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމުކުރި ހިދުމަތެއްކަން ފާހަގަކޮށް ހަލީމް ވިދާޅުވީ މި ލިބެން ފެށުމުގެ ނަތީޖާއެއްގެ ގޮތުން، ޅައުމުރުގައި އަދި ކައިވެނިކުރުމުގެ ކުރީން ތެލަސީމިއާ ވާރުތަކުކުރާ ގޮތް ހުންނަ މީހުން ދެނެގަނެ ތެލަސީމިއާގެ ނިސްބަތް ކޮންޓްރޯލް ކުރުމަށް ފަސޭހަވާނެ އެވެ. އަދި ތެލަސީމިއާ ޕްރީނޭޓަލް ޑައިގްނޯސިސްގެ ޚިދުމަތް ފެށުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ޖީލު ތަކަކަށް އެކަމުގެ ފައިދާ ލިބިގެންދާނެ އެވެ.

ތެލަސީމިއާއަށް ތަހްލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީ ހުޅުވުން --

މީގެ ކުރީން މި ހިދުމަތް ދެމުން އައީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޝީގެ ބެލުމގެ ދަށުން ޕްރައިވެޓް މެޑިކަލް ލެބޯރެޓަރީ އެއްގަ އެވެ. އެހެން ކަމުން މިއީ ސަރުކާރުން މި ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

މިއީ، ޖޫން 25, 2025 ގައި މޯލްޑިވިއަން ބްލަޑް ސާރވިސަސް އަދި ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޯޕަތީސް ސެންޓަރު ހުޅުމާލޭގައި އިމާރާތް ކުރެވުނު އައު ޢިމާރާތަށް ބަދަލު ކުރެވުނު ފަހުން ފެށުނު ތިން ވަނަ ހިދުމަތެވެ. އޭގެ ތެރޭގައި ހިމެނެނީ، އެންޑޮކްރައިނޮލޮޖީ، އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ، އަދި ހެމަޓޮލޮޖީ ކްލިނިކް ގާއިމުކުރުމާއި، އަދި ތެލަސީމިއާ ޕޭޝަންޓް ކެއާ ސެންޓަރުގެ ހިދުމަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.