ކުރީގެ ރައީސް އަބްދުالله ޔާމީން --
ހަބަރު
08 Feb 2026 | 22:12
ޔާމީން އިންޑިއާގެ ނޫސްވެރިންނަށް: އޮޅުވާލަން ނޫޅޭ، މަލިކަކީ ދިވެހީންގެ ތަނެއް

މަލިކަކީ އަސްލު އިންޑިއާތަނެއް ކަަމަށް ދައްކަން ކުރެވޭ މަސައްކަތަކީ ބޮޑު އޮޅުވާލުމެއް ކަމަށާ އެއީ ދިވެހީންގެ ތަނެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންއެފްގެ އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މަލިކަކީ ދިވެހީންގެ ތަނެއް ކަަމަށް ބައެއްް ދިވެހީން ބުނާ ކަމަށް އިންޑިއާގެ ނޫސްވެރީންގެ ބުނާތީ އެކަމަށް ޔާމީން ވަނީ ރައްދު ދެއްވާފަ އެވެ. ޔާމީން ވިދާޅުވީ އިންޑިއާ ނޫސްވެެރީން ވެސް ތާރީހް ނުބަލާ ކަމަށެވެ.

"އާއެކޭ ... މިލަކަކީ ދިވެހީންގެ ތަނެކޭ. މަލިކަކީ ދިވެހީންގެ ތަނެކޭ އިނގޭތޯ. ދިވެހިރާއްޖެ އެންމެ ފުރަތަމަ ކިޔަނީ މަލިކައްޑޫ އަތޮޅު. މަލިކުން ފެށިގެން އައްޑު އަތޮޅާ ހަމައަށް މިހުރީ ދިވެހިރާއްޖެ," އިންޑިއާގެ ނޫސްވެރީންނަށް ރައްދު ދެއްވާ ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަލިކަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރު ހިނގި ތަނެއް ކަމަށެވެ. މިއަދުވެސް މަލިކު މީހުން ދިވެހި ބަހުން ވާހަކަ ދައްކަނީ އެހެން ވެގެން ކަަމަށް ވިދާޅުވި އެވެ.

މަލިކަކީ އޭރު ހިނގާދިޔަ ކަންތައްތަކެއްގެ ތެރޭގައި ނުވަވަނަ ހަސަން ރަސްގެފާނު ފޯޗްގީޒުންގެ ނުހުރުއްޕާނާ އުނދަގުލުން ސަލާމަތްވުމަށް ކުރި މަސައްކަތެއްގެ ތެރެއިން އަގެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި އިންޑިއާއަށް ދީފައިވާ ތަނެއް ކަަމަށްވެސް ވިދާޅުވި އެވެ.

އެހެން ކަމުން އިންޑިއާގެ ނޫސްްވެރީންނަށް އޮޅިގެން އުޅުނަސް މަލިކުގެ އަސްލު އޮރިޖިން އަކީ ދިވެހީން ކަމުގައި ޔާމީން ވިދާޅުވި އެވެ.

"އިންޑިއާ މީހުންނަށްވެސް އެނގެން ވާނެ އެއީ އެ މީހުންގެ ނޭޓިވް ތަނެއް ނޫން އެޔަކީއެއް. ދިވެހީންގެ ތަނެއް,"

ޔާމީން ވިދާޅުވީ މަަލިކު ގެއްލުނީ ޕޯޗްގީޒުންގެ ސަަބަބުން ކަަމަށެވެ. އެހެން ކަމުން މިއަދު ކުރަންވީ ކަމަކީ އެކަމުގައި ކުރެވޭނެ އެއްވެސް ގޮތެއް އޮތްތޯ ބެލުން ކަމަށެވެ. އަދި އެ މީހުންގެ ފުށުން ލިބުނު ގެއްލުމަށް ބަދަލު ހޯދިދާނެ ގޮތްތަކެއް އޮތްތޯ ބެލިދާނެ ކަމުގައި ވިދާޅުވި އެވެ.

އެފަދަ މައްސަލަތައް ބަލާނެ ކޯޓްތަކާއި, އެކަންކަން ސާބިތުކުރެވޭނެ ލިޔުންތައް ވެސް އެބަހުރި ކަމަށް ޔާމީން ވިދާޅުވި އެވެ.

"އިންޑިއާ މީހުން ވެސް ގަބޫލުކޮށްގެން ނުވާނެ އެ މީހުންގެ ތަންތަނޭ [މަލިކު] މިއީ. އެއީ ރޯބުހުތާނު ވާހަކަ. އެ މީހުންވެސް އެ މީހުންގެ ތާރީހަށް ރުޖޫއަވާންވީ. ކަންކަން ހިނގާފައި ހުރި ގޮތްތައް ބަލައިލަންވީ," ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް
ދިރާސާ
އަސްލު މާއެވޭލާ ޒަމާނުގައި ލަކްޝަދީބް މަހަލްދީބު ފެހެންދީބު މިގޮތަށްވެސް ކިޔާ
08 Feb 2026
އުދުހޭ ކޮކާ
"މަލިކައްޑޫ ފޯޅަވާ" އެއީ މަލިކާއި، އައްޑޫ އާއި ފޯޅަަވަހިއެވެ.
09 Feb 2026
ގުޅޭ ލިޔުންތައް
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.