މެމްބަރު ކުޑޫ
ހަބަރު
11 Feb 2026 | 10:45
އެމްޑީޕީ މެންބަރުންނާ ދިމާއަށް ލާދީނީ ކިޔުން ހުއްޓުވަން އެދިއްޖެ

އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މީހުންނާ ދިމާއަށް ލާދީނީ ކިޔުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

އޭނާ މިހެން އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ދެއްކެވި ވާހަކައަކާ ގުޅިގެން ަމަޖިލީހުގެ ބައެއް މެންބަރުން އެމްޑީޕީ މެންބަރުންނަށް ނިސްބަތްކޮށް ލާދީނީއޭ ބުނުމުންނެވެ. 

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔައީ މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހެދުމަށް މެންބަރު ކުޑޫ ހުށަހެޅުއްވި މައްސަލައިގެ ބަހުސެވެ. 

އެއަށް ބަހުސް ކުރައްވަމުން ފަލާޙް ވަނީ އެމްޑީޕީން އެ މައްސަލަ ހުށަހެޅި ނަމަވެސް، މައްސަލާގައި ބަހުސް ކުރަން މަޖިލީހަށް ހާޒިރުވި މެމްބަރުން މަދުކަން ފާހަގަކުރައްވާފައެވެ. އެއާއެކު އެމްޑީޕީ މެމްބަރުން ނުރުހުން ފާޅުކިރެއްވުމިން މަޖިލީހުގައި ތިއްބެވި ބައެއް ޕީއެންސީ މެންބަރުން ވަނީ އެމްޑީޕީ އަށް ނިސްބަތްކުރައްވައި ލާދީނީއޭ ވިދާޅުވެފައެވެ. 

އެކަމާގުޅިގެން މެމްބަރުން ކުޑޫ ވަނީ، އެކަކު އަނެކަކަށް ލާދީނީ އޭ ގޮވުން ހުއްޓުވަން ރިޔާސަތަށް ދަންނަވާފައެވެ.

އެކަކު އަނެކަކަށް މި ގޮވާ ލާދީނީ، މއީ އަނގަ ހައްދު ޖަހަންޖެހޭވަރުގެ، ދީނުން ބޭރުވާ ވަރުގެ ވާހަކަ އެކަކު އަނެކަކާ ދިމާއަށް ގޮވުން ހުއްޓުވަން. 

މެންބަރު ކުޑޫ

މެންބަރު ކުޑޫ ވަނީ އެފަދައިން އެ މެންބަރުންނަށް ކިޔުމުގެ ސަބަބުން ލިބިދާނެ ހެއްލުމެއްގެ ޒިންމާ އެ ކިޔުއްވާ މެމްބަރުން ނަންގަވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. 

ކުޑޫގެ ވާހަކަ އާއި ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ އެކަން ކުރައްވަން ބޭނުންވާނަމަ، ”ލާދީނީ“ ކިޔުން މަނާ ކުރާ ބިލެއް މަޖިލީހަށް ހުށަހެޅުއްވަން އެދިވަޑައިގެންފައެވެ. 

އަދި އެފަދަ ބިލެއް ހުށަހެޅި އެކަން މަނާ ނުވާހާ ހިނދަކު ލާދީނީ ކިޔުން ނުހުއްޓުވޭނެ ކަމަށްވެސް އަދުރޭ ވިދާޅުވުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.