ދުޢާ ކުރަނީ
ދީން
19 Feb 2026 | 07:45
ދުޢާ ކުރުމުގައި އެނގުން މުހިންމު ބައެއް އަދަބުތައް

އަޅުގަނޑުމެން ޙަޔާތުގެ ދުވަސްތަކުގެ ތެރެއިން މި ވޭތުވަމުންދަނީ އެންމެ މާތް އަދި އެންމެ ބަރަކާތްތެރި އެއް މައްސަރުގެ ދުވަސްތަކެވެ. މި މައްސަރަކީ އަޅުކަމުގެ މައްސަރެވެ. ފާފަފުއްސެވުމާއި މާތް الله ގެ ރުއްސެވުމަށް އެދި ދެންނެވުމުގެ މައްސަރެވެ. 

މި މައްސަރަކީ ދުޢާގެ މައްސަރެވެ. ފާއިތުވި ދުވަސްތަކުގައި އެނގިގެންނާއި ނޭނގިނަމަވެސް ކުރެވިފައިވާ ފާފަތައް ފުއްސެވުމަށްއެދި އަހަރެމެންގެ ވެރި ރައްބުގެ އަރިހުގައި ދަންނަވައި، ފާފަތައް ތަކުރާރު ނުކުރެވުމަށާއި، ހެޔޮ ޢަމަލުކުރުންމަތީ ދެމި ތިބުމުގެ ހެޔޮ ތަޢުފީގު ދެއްވުންއެދި މާތް الله ގެ ހަޟުރަތުގައި ދަންނަވަންވީ މައްސަރެވެ.

އެހެންކަމުން، މާތް الله ގެ ހަޟުރަތުގައި ކަންކަމަށް ދެންނެވުމުގައި ޢަމަލު ކުރަންވީ ގޮތް، ނުވަތަ ދުޢާ ކުރުގެ އަދަބުތައް އެނގުމަކީ މުހިންމު ކަމެކެވެ. އެ އަދަބުތައް އެނގި، އެއާ އެއްގޮތަށް ދުޢާ ކުރުމަކީ މާތް الله ގެ އިރާދަފުޅުން ދުޢާ އިޖާބަކުރައްވާނޭ ސަބަބެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. 

އެގޮތުން، ޖަމިއްޔަތުލް ސަލަފުން މި އަހަރު ރަމަޟާން މަހާއި ގުޅިގެން ކުރިއަށް ގެންދާ ”ދުޢާ“ ސީރީޒް ގައި ދުޢާ ކުރުމުގެ އަދަބުތައް އޮޅުންފިލުވައި ދެއްވަމުން، ޝެއިޚް އަހުމަދު ސަމީރު ވަނީ، ޔޫނުސްގެފާނު ބޮޑު މަހުގެ ބަނޑުގައި އޮންނަވައިގެން ކުރެއްވި ދުޢާގެ މައްޗަށް އަލި އަޅުވާ ލައްވާފައެވެ. 

އެ ދުޢާ އަކީ، 

لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ

މާނައީ: އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.

”މި ދުޢާ މި ހުރި އަސާސްތައް މިއީ އަޅުގަނޑުމެންގެ ދުޢާގައި ހުންނަންޖެހޭ ކަންކަން. އެންމެ ފުރަތަމަ ކަމަކީ މާތް الله ގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ތައުޙީދުގެ އަހުލުވެރިއެއް ކަމުގައިވުން، އަނެއް ކަމަކީ އެކަލާނގެ ހުސްޠާހިރުވަންތަ ކުރުން. އެކަލާނގެއީ އެންމެހާ އުނި ކަމަކުން ހުސްޠާހިރުވަންތަ އިލާހުކަން. އަނެއްކަމަކީ އެ މީހެއްގެ ކުށަށް އިއުތިރާފް ވުން.“ 

މިއާއެކު ޝެއިޚް ވަނީ ދުޢާ ކުރުމުގެ ބައެއް އަދަބުތަކަށް ކުރުގޮތަކަށް އަލިއަޅުވާލައްވާފައެވެ. އެއީ؛ 

މާތް الله އަށް އިޚްލާސްތެރިވުންޙަމްދުން ފެށުން އަދި ޞަލަވާތުން ނިންމުން.ދުޢާ ކުރާއިރު ޔަގީން ކަމާއެކު ދުޢާ ކުރުން.ދުޢާ ދަންނަވާއިރު އާދޭސްކޮށް، ތަކުރާރުކޮށް ދެންނެވުންމީހާގެ ހިތް ހާޟިރުކޮށް އިޚްލާސްތެރިކަމާއެކު ދުޢާ ދެންނެވުންމާ އަޑުގަދަކޮށް ދުޢާ ނުކުރުން. އަދި އެއްވެސް ވަރަކަށް، މީހާގެ ނަފްސަށްވެސް ނީވޭ ވަރަށް ނުކުރުން. އޭގެ ބަދަލުގައި މެދު މިނަކަށް އަޑު ބެހެެއްޓުން.ދުޢާ ކުރުމުގެ އިބާރާތްތައް ރީތި ކުރުމުގައި، އެ މީހެއްގެ އަމިއްލަ ނަފްސަށް ތަކުލީފަކަށް ވާ ވަރަށް އެކަން ނުކުރުން.ދުޢާ ކުރުމުގައި މާ ބޮޑަށް ތަފްސީލުތަކަށް ނުދިޔުންޤިބުލައަށް ކުރިމަތިލުންދެއަތް އުފުލުންވުޟޫ ކުރުންމާތްالله ގެ އިސްމުފުޅުތަކުން ދުޢާ ކުރުން

ސަލަފްގެ ރަމަޟާން ސީރީޒްގެ ތެރެއިން ”ދުޢާ“

އިއްޔެގެ ދަރުހުގައި ޝެއިޚް ސަމީރުވަނީ ދުޢާ އިޖާބަ ނުކުރެވޭ ސަބަބުތަކާއި، ދުޢާ އިޖާބަ ކުރެއްވޭ ޙާލަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. 

އެ ދަރުހުގައި މައިގަނޑުކޮށް އަލިއަޅުވާ ލައްވާފައި ވަނީ ދުޢާ ކުރުމުގެ އަދަބުތަކުގެ ތެރެއިން، ދުޢާ ކުރާއިރު މާ ބޮޑަށް ތަފްސީލުކޮށް ދުޢާ ކުރުމުގެ މައްޗަށެވެ. 

އެގޮތުން ވިދާޅުވީ، ދުޢާ ކުރުމުގައި މާ ބޮޑަށް ތަފްސީލް ތަކަށް ދިޔުމަކީ ރަސޫލާ ﷺ ސުންނަތުން ސާބިތުވާ ކަމެއް ނޫން ކަމަށެވެ. ޝެއިޚް ވަނީ ބައެެއް ޞަޙާބީ ބޭކަލުންގެ އެ ބޭކަލުންގެ ދަރިކަލުން ސުވަރުގެ ދެއްވުން އެދި ދުޢާ ކުރެއްވި އިރު މާ ތަފްސީލުކޮށް ސުވަރުގެއިން ބޭނުންވާ ކަންކަމުގެ ވާހަކަ ހިމަނުއްވައި ދުޢާ ކުރެއްވުމުން އެފަދައިން ކަން ނުކުރެއްވުމަށް ރަސޫލާ ﷺ އަންގަވާފައިވާ ކަމަށް ވިދާޅުވެ ނަޞޭޙަތްތެރިވެވަޑައިގެންނެވިކަމަށް ވިދާޅުވެފައެވެ. 

އަދި ދުޢާ ކުރަންވީ ނަރަކައިން މިންޖު ކުރައްވައި ސުވަރުގެ ދެއްވުން އެދި ކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.