ހަލީމް.. ފޮޓޯ: ޕީއެންސީ
ހަބަރު
23 Feb 2026 | 09:14
އިދިކޮޅުން ކައުންސިލްތަކުގެ ދައުރު ތަރުޖަމާކުރަނީ ރައްޔިތުންނަށް އޮޅޭގޮތަށް: ހަލީމް

އިދިކޮޅު ފަރާތްތަކުން ކައުންސިލްތަކުގެ ދައުރު ތަރުޖަމާކުރަނީ ރައްޔިތުންނަށް އޮޅޭގޮތަށްކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ގަލޮޅު ޖަގަހަ ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ހަލީމް ވަނީ ކައުންސިލްތަކުގެ ދައުރަކީ ކޮބައިކަން، ޤާނޫނުގައި ބަޔާންކޮށްފައި އޮންނަގޮތް ވަރަށް ރަނގަޅަށް ތިލަކޮށް ސާފްކޮށްދެއްވާފައެވެ. ހަލީމް ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް މަތިކޮށްފައި އޮންނަ މުއައްސަސާއެއްގެ ގޮތުގައި ލާމަރުކަޒީ ޤާނޫނުގައި ފެންނަން ނެތްކަމަށާއި، މިކަމުގައި އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

އެގޮތުން ޤާނޫނުގައި ކައުންސިލްތަކުގެ ދައުރެއްކަމަށް ބަޔާންކުރަނީ އިޖުތިމާއީ ގޮތުންނާ އިގްތިސާދީ ގޮތުންނާ ސަގާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް އަމިއްލަ ރައްޔިތުންނާ އެންމެ ގާތުން ފުޅާދާއިރާއެއްގެ ހިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމަށް ކަމަށް ހަލީމް ވިދާޅުވިއެވެ. 

ފަހަރެއްގަވެސް ކައުންސިލްތަކަކީ އިދިކޮޅު ފަރާތްތަކުން ބުނަމުންދާގޮތަށް ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮންނަ މުއައްސަސާއެއްކަމަށް ބަޔާންކޮށްފައި ނުވާކަމަށް ހަލީމް ފާހަގަކުރެއްވިއެވެ.

އެހެންވީމަ މިކަމުގަ އަޅުގަނޑުމެންގެ ސަރުކާރާ ގުޅިގެން މިމަސައްކަތް ކުރުވާނެ ކޮށްދެއްވާނެ ކެންޑިޑޭޓުން ހޮވުމަކީ އަޅުގަނޑުމެންގެ މަގްސަދު. އަދި މިކަމުގަ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މި މާލެ ސަރަހައްދަށް މިދެކެވަޑައިގެން މި ކުރައްވާފަ ތަސައްވުރު ހަގީގަތަކަށް ހައްދަވާނީ ހަމަޔަގީނުންވެސް މިއުސޫލުން މިބޭނުމަށް މަސައްކަތް ކުރައްވާ ކެންޑިޑޭޓުން ހޮވައިގެންކަން އަޅުގަނޑު ޔަގީންކަމާ އެކު ފާހަގަކޮށްލަން

އިބްރާހިމް ހަލީމް

ސިޓީ ކައުންސިލްގެ ބާރުތައް ހިމެނޭ މާއްދާގައިވެސް ބަޔާންކޮށްފައިވަނީ، ތަރައްޤީގެ އެކި އެކި މަޝްރޫއުތައް ރާވާ ހިންގުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށް ރައްޔިތުންގެ ފަރާތުން ލަފަޔާ މަޝްވަރާ ދިނުމާއި ސަރުކާރުގެ މިނިސްޓްރީތަކުން ކައުންސިލްގާ ހިންގާ މަޝްރޫޢުތައް ހިންގާ ނުހިންގާގޮތް ބެލުމުގައި އެހީތެރިވެދީ އެ މިނިސްޓްރީތަކަށް ޖަވާބުދާރީވެ، މިނިސްޓްރީތަކުން ކަނޑައަޅާ ގޮތަކަށް ގަވައިދުން ރިޕޯޓް ހުށަހެޅުން ކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ކައުންސިލްތަކުން ރައްޔިތުންނަށް ހިދުމަތްތައް ދޭން މަތިކޮށްފައި އޮންނައިރު، ސަރުކާރާ އިދިކޮޅު ކެނޑިޑޭޓުން ކައުންސިލްތަކަށް ހޮވިއްޖެނަމަ، ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ތަންފީޒުކުރުމުގައި ހުރަސްތަކާ ކުރިމަތިލާން ޖެހޭނޭކަމަށެވެ. އެކަން މިހާރުވެސް ފެންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ޕީއެންސީ ގަލޮޅު ކެމްޕޭން ޖަގަހަ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ. މި ޖަލްސާގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކެނޑިޑޭޓް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި، މާލެސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމޖުގެ މަޤާމަށް ވާދަކުރައްވާ ކެނޑިޑޭޓް، އައިޝަތު އަލައިކާ އަދްނާންގެ އިތުރުންވެސް މާލެސިޓީގެ މަގާމްތަކަށް ކުރިމަތިލައްވާފައިވާ އިތުރު ކެނޑިޑޭޓުން ބައިވެރިވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.