ބަރެސްދޫ ތަރައްޤީކުރާނޭ ގޮތުގެ ނަމޫނާއެއް.. ފޮޓޯ: އިންޓަރނެޓް
ހަބަރު
23 Feb 2026 | 11:51
އެމްއައިޓީޑީސީ އުވާލުމަށް ބަޔަކު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި

މެދުފަންތީގެ ޓޫރިޒަމަށް ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓިގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމުގެ މަސައްކަތް ކުރާނޭ ބަޔަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އެމްއައިޓީޑީސީ އުވާލުމަށްޓަކައި އެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އާއްމުކޮށް އިއުލާނުކޮށްފައެވެ. އެކަން ކޮށްދިނުމަށް އެދޭ ފަރާތްތަކުން މިއަދުގެ 13:30 ހަށް ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ. 

އެމްއައިޓީޑީސީ އުވާލުމުގެ މަރުހަލާ ކުރިއަށްދާތީވެ، ސިވިލްކޯޓުން ވަނީ މިހިނދަށް އެކުންފުންޏާ ގުޅޭ ބައެއް މައްސަލަތައް ކުރިއަށްގެންދިއުންވެސް މަޑުޖައްސާލާފައެވެ. މިހާލަތުގައި ދައުވާކުރާ ފަރާތަށް ލިބެންޖެހޭ ފައިސާ ފައިސާ ހޯދުމުގެ ކަންކަން ކުރިއަށް ގެންދަން ހުށަހަޅަންޖެހޭނީ ދައުވާލިބޭ ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް އައްޔަނުކޮށްފައިވާ ލިކުއިޑޭޓަރެވެ. އެހެންކަމުން ސިވިލްކޯޓުގެ ޤަޟިއްޔާގެ ހުކުމެއް ތަންފީޒުކުރުމުގެ މައްސަލަ މިހިނދަށް ކުރިއަށް ނުގެންދެވޭނޭކަމަށް އެ ކޯޓުން ވަނީ މިދިޔަ ޑިސެމްބަރުމަހު ކަނޑައަޅާފައެވެ.

އެމްއައިޓީޑީސީއަކީ މެދުފަންތީގެ ޓޫރިޒަމް ފުޅާކޮށް ތަރައްޤީކޮށް ޕްރޮމޯޓް ކުރުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. އެމްޓީޑީސީގެ އެންމެ އުއްމީދީ މަޝްރޫޢުއެއްގެ ގޮތުގައި ކުރިއަށްގެންދަން ނިންމާފައި އޮތީ ލ.ބަރެސްދޫ ޕްރޮޖެކްޓެވެ. ނަމަވެސް އެތަން ތަރައްޤީކުރަން ބިންތައް ދޫކޮށްގެން ފައިސާ ނެގި ނަމަވެސް އެތަނުގެ މަސައްކަތް އެދެވޭ ގޮތަށް ކުރިއަށް ގޮސްފައެއް ނުވެއެވެ.

އެމްއައިޓީޑީސީ އުފެދުނުފަހުން 2023 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ކުރު މުއްދަތުގެ ދަރަނި އެކަންޏަށްބެލި ނަމަވެސް 137.8 މިލިއަން ރުފިޔާ އެބައޮތެވެ. އޮޑިޓަރ ޖެނެރަލް ބަރެސްދޫއާ ގުޅޭގޮތުން ނެރުއްވި ރިޕޯޓްގައި ބުނެފައިވަނީ ބަސްރެސްދޫ، އަދި ކާށިދޫގައި ހެދުމަށް ނިންމާފައިވާ ޓޫރިސްޓް ވިލެޖް ޕްރޮޖެކްޓް އަދި ކ.އަތޮޅެ 10 ފަޅެއް ހިއްކާ ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ ޕްރޮޖެކްޓް ފާމަށް 52.3 ހަރަދުކޮށްފައިވީނަމަވެސް އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ނިމިފައި ނުވާކަމަށެވެ.

އެމްއައިޓީޑީސީ އުވާލުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ ޖުލއިމަހުގެ ތެރޭގައި ފާސްކޮށްފައެވެ. އަދި ހަމަ އެހެންމެ ވަޒީރުންގެ މަޖިލީހުން އެއަހަރުގެ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހު ބޭއްވެވި ޖަލްސާގައި ވަނީ އެމްއައިޓީޑީސީ އުވާލުމަށް ނިންމާފައެވެ.

ބަރެސްދޫއާ ގުޅޭގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ވާހަކައަކީ ރިސޯޓުތަކުން ސީއެސްއާރުގެ ގޮތުގައި ޓުއަރިޒަމް މިނިސްޓްރީއަށް ދިން ފައިސާ ޕީޕީއެމްގެ ދެބުރި އޮފީހެއް އެޅުމަށް ބޭނުންކުރި ވާހަކައެވެ. މިކަން އޮޑިޓަރ ޖެނެރަލް ނެރުއްވި އެމްއައިޓީޑީސީގެ އޮޑިޓް ރިޕޯޓްގައިވެސް ވަނީ ބަޔާންކޮށްފައެވެ.

ކޮމެންޓް
އަހުދުނާމާ
ޔާމީނު ހިންގި ޖަރީމާ އޭނާ ޖަރީމާ ނުހިންގާ ނުހުންނާނެ
23 Feb 2026
ގުޅޭ ލިޔުންތައް
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.