"ހުކުރު ޚުތުބާ ކުއިޒް" އިފްތިތާޙް ކުރުން: ފޮޓޯ / އިސްލާމިކް މިނިސްޓްރީ
ހަބަރު
23 Feb 2026 | 11:43
ކުޑަކުދިންނަށް ޚާއްސަ ކޮށްގެން "ހުކުރު ޚުތުބާ ކުއިޒް"އެއް؛ އެއްވަނައަށް ހޮވޭ ކުދިންނަށް ޢުމްރާ ދަތުރެއް!

މި ރަމަޟާން މަހާ ގުޅިގުޅިގެން، ކުޑަކުދިންނަށް ޚާއްޞަކޮށްގެން "ހުކުރު ޚުތުބާ ކުއިޒް" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޑިޖިޓަލް މުބާރާތެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިފްތިތާޙުކޮށްފިއެވެ.

އެ މިނިސްޓްރީން ބުނިގޮތިގައި، މިއީ ޢުމުރުން 7 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ހުކުރު ޚުތުބާއަށް ދޭ ސަމާލުކަން އިތުރުކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަތިވެރި މަޤްޞަދުގައި ފެށި ޕްރޮގްރާމެކެވެ.

އެގޮތުން، މުބާރާތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ހުކުރު ޚުތުބާ ކިޔުމަށާއި އަޑުއެހުމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމާއި ޚުތުބާގައި ހިމެނޭ މުހިންމު ފިލާވަޅުތަކާއި ދީނީ މަޢުލޫމާތު ކުދިންނަށް އުނގަންނައިދިނުމުގެ އިތުރުން އާއިލާތަކުގެ މެދުގައި ހުކުރު ޚުތުބާގެ މަޢުލޫމާތުތަކާމެދު މަޝްވަރާކުރުމުގެ ރޫޙު އާލާކޮށް، އާއިލީ ގުޅުން ބަދަހިކުރުން ހިމެނޭ ކަން ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީން މައުލޫމާތު ދޭގޮތުން، މި ކުއިޒަކީ ދިވެހި ބަހުން ކުރިއަށްގެންދާ "އޯޕަން ބުކް" މެތަޑަށް ކުރިއަށްދާ ކުއިޒެކެވެ. އެހެންކަމުން ކުއިޒަށް ޖަވާބު ދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޚުތުބާ ކިޔަންޖެހޭނެ ކަމަށާ، އަދި ޚުޠުބާ ފަހުމުވުމަށްޓަކައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ކުދިންނަށް އޮންނާނެ ކަމަށް ބުނެފައިވެއެވެ.

ކުއިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިކްރޮސޮފްޓް ފޯމްސް މެދުވެރިކޮށް ކަމަށާ، ކޮންމެ ހަފްތާއެއްގެ ވެސް ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކުއިޒް ހުޅުވާލެވޭއިރު، ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 22:00 އާ ހަމައަށް ކުއިޒުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މުބާރާތް ބާއްވަނީ ތިން އުމުރުފޔރާ އަކަށް ބަހާލައިގެންނެވެ.

އެއީ ގްރޫޕް އޭ (7-9 އަހަރު)،

ގްރޫޕް ބީ (10-12 އަހަރު)

ގްރޫޕް ސީ (13-15 އަހަރު).

މި ކުއިޒުގައި ބައިވެރިވުމަށްޓަކައި މިނިސްޓްރީއިން މިކަމަށްޚާއްސަކޮށް ތައްޔާރުކޮށްފައިވާ ވައިބާ ކޮމިއުނިޓީ ގްރޫޕަކަށް ވަންނަންޖެހެއެވެ.

މި ކޮމިއުނިޓީ ގްރޫޕުގެ ލިންކަކީ: https://invite.viber.com/?g2=AQAbinPB6xYicFYdNriAFZqhSTqTNphujAPtv9QieMHhq25fJVzTH%2BZNaL7bXwz%2B

މިނިސްޓްރީން އިތުރަށް ބުނީ، މި ގްރޫޕަށް ކޮންމެ ހުކުރު ޚުޠުބާއެއްގެ ލެވޭނެ ކަމަށާ، ކުއިޒާބެހޭ އިތުރު މަޢުލޫމާތު ވެސް ދެވޭނެ ކަމަށެވެ.

މުބާރާތުން ވަނަވަނައަށް ދާނީ ހުރިހާ ބުރުތަކެއްގެ ޖުމްލަ %90 އަށްވުރެ މަތިން މާކްސް ހޯދާ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ކުދިންނަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މާކްސް އެއްވަރުނަމަ އެކުދިންގެ މެދުގައި މެދުގައި ނެގޭ ގުރުއަތަކުން ނެގޭނެ ކަމަށެވެ.

ކޮންމެ އުމުރުފުރައަކުންވެސް ވަނަތަކަށް ހޮވޭ ކުދިންނަށް ވަރަށް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން؛ 

• 1 ވަނަ އަށް ދާ ކުއްޖަކަށް: ޢުމްރާ ދަތުރެއް (ޖުމްލަ 3 ޢުމްރާ ދަތުރު)

• 2 ވަނަ އަށް ދާ ކުއްޖަކަށް:-/1000ރުފިޔާ

• 3 ވަނަ އަށް ދާ ކުއްޖަކަށް:-/500ރުފިޔާ

މިނިސްޓްރީ ވަނީ ވީހާވެސް ގިނަ ކުދިންނާއި ބެލެނިވެރިން މި ފުރުޞަތުގެ ބޭނުން ހިފައި، މި ކުއިޒުގައި ބައިވެރިވުމަށް އެދުފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.