ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް
ހަބަރު
24 Feb 2026 | 01:27
އެމްޑީޕީ ދެން ކޮޅަކަށް ނުޖެހޭނެ، އައު ޕާޓީއެއް އުފައްދަން ގޮވާލަން: ފަލާހް

އިދިކޮޅު މައި ޕާޓީ އެމްޑީޕީ ނަގާ ކޮޅަށް ނުޖެހޭނެ ކަމަށާ އިތުރަށް ސިޔާސީ މަސައްކަތް ކުރަން ބޭނުންނަމަ އައު ޕާޓީއެެއް އުފައްދަން އެ ޕާޓީގެ ލީޑަރުންނަށް ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ގޮވާލައްވައިފި އެވެ.

ފަލާހް މިކަމަށް ގޮވައިލެއްވީ ތިނަދޫ ސިޓީގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަގާމުތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލޭ ކެމްޕެއިން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެވެ. ފަލާހް ވިދާޅުވީ ދެން އެމްޑީޕީ ނަގާ ކޮޅަކަށް ނުޖެހޭނެ ކަމަށެވެ.

އަދި އެންމެ ރަނގަޅު ގޮތަކަށް ވާނީ އައު ޕާޓީއެއް އުފެއްދުން ކަމުގައި ވިދާޅުވި އެވެ. ފަލާހް ވަނީ އިތުރަށް ސިޔާސީ މަސައްކަތް ކުރައްވަން ބޭނުންނަމަ އައު ޕާޓީއެއް އުފައްދަން އެމްޑީޕީގެ ލީޑަރުންނަށް ގޮވާލައްވާ ކަމުގައި ވިދާޅުވި އެވެ.

ފަލާހް ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބުގައި 1352 ގޮނޑީގެ ތެރެއިން 450 ގޮނޑިއަށް އެމްޑީޕީން ކެންޑިޑޭޓުން ނުނެރެ އެވެ. ހަގީގަތަކީ ވާދަކުރާނެ ކެންޑިޑޭޓަކު ނުލިބުން ކަމުގައި ވިދާޅުވި އެވެ. ކައުންސިލް އިންތިހާބުގައި 30 އިންސައްތަ ގޮނޑިއަށް ވާދަކުރާނެ ކެންޑިޑޭޓުން ނުލިބުމުން މިހާރުވެސް އެމްޑީޕީ ބަލިވެފައިވާ ކަމުގައި ފަލާހް ވިދާޅުވި އެވެ.

"އިދިކޮޅު ޕާޓީއެއް މިހާރަކު ނެތް. އަޅުގަނޑުމެންނަށް އެކަން އެނގިގެންދާނެ ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ އެ ޕާޓީތަކުން ހުށައެޅި އަދަދުތަކަށް ބަލާއިރު. އިދިކޮޅު އެންމެ ބޮޑު ޕާޓީކަމަށް ވިދާޅުވާ އެމްޑީޕީން 450 ގޮނޑި އެބަ އޮތް ވާދަނުކުރައްވާ," ފަލާހް ވިދާޅުވި އެވެ.

އޭނާ ވަނީ ހަމައެކަނި އެކަމަށް ބަލާލުމުން ވެސް އެމްޑީޕީގެ ތާއީދު ދަށަށް ގޮސްފައި އޮތްވަރު ފެންނަ ކަމުގައި ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރާނެ އިދިިކޮޅު ޕާޓީއެއް އޮތުން މުހިންމު ކަމަށް ނަމަވެސް އެފަދަ ޕާޓީއެއް ނެތް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.