ރަށެއްގައި ހުރި ރުކެއް... ފޮޓޯ: ވޮއިސް
ހަބަރު
24 Feb 2026 | 14:36
ވަގުރުކު އެޅި މީހަކު 5 މަހަށް ޖަލަށްލުމަށް ކުޅުދުއްފުށީ ކޯޓުން ނިޔާ އިއްވައިފި

ވަގުރުކު އެޅި މީހަކަށް އަދަބެއްގެ ގޮތުން 5 މަސްދުވަހު ޖަލަށް ލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނިޔާ އިއްވައިފިއެވެ.

ކުޅުދުއްފުށީ މެޖިސްތްރޭޓް ކޯޓުން މި ނިޔާ އިއްވާފައިވަނީ އިއްޔެ ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައެވެ. ކުޅުދުއްފުށީ ގެއެއްގެ ގޯތިތެރެއަށް މީހަކު ވަދެ ވަގުރުކު އެޅި މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 18 ވަނަ ދުވަހުއެވެ.

މިކަމެއް ހިނގާފައިވާކަމަށް ގަޒިއްޔާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

މައްސަލާގައި ހިމެނޭ ވަގުކަލޭގެ ވަނީ އެ ރުކުން 26 ކުރުނބާ އަޅާފައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ވަނީ 2 ދައުވާއެއް އުފުލާފައެވެ. އެއީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

މި ދެ ދައުވާއަށް ވަގުކަލޭގެ އެއްބަސްވެފައިވާއިރު، އޭނާގެ މައްޗަށް އުފުލި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ މައްސަލާގައި ކޯޓުން ނިޔާ ކަނޑައަޅާފައިވަނީ، 1 މަހާއި 24 ދުވަހު ޖަލަށް ލުމަށެވެ. އަދި ވައްކަން ކުރުމުގެ ކުށުގެ ދައުވާގައި ނިޔާ އިއްވާފައިވަނީ، 3 މަހާއި 10 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Jul 2026
ފަހަތުން އަރައި އިނގިރޭސިން ބަލިކޮށް، އާޖެންޓީނާ ފައިނަލަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްޕެއިން އާ ދެކޮޅަށެވެ
15 Jul 2026
ބީއެމްއެލްގެ ސީއީއޯ މިއަދުވެސް ދެއްވީ، 4،000 އެޕާޓްމަންޓްގެ ޔަގީންކަން
ޝަރީފް ވިދާޅުވީ، 4،000 އެޕާޓްމަންޓަކީ ހަމައެކަނި ކަރުދާހުގައި އޮތް އަދަދެއް ނޫން ކަމަށެވެ
15 Jul 2026
ފުލުހުން އިލްތިމާސްކުރީ މެޗުގެ ފޯރީގައި އެހެން މީހުންނަށް އުނދަގޫނުކުރަން
މިރޭ ދަންވަރު 12:00 ކުޅޭ މިމެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، ފުލުހުން ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމުގެ އިތުރުން އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ. މިއީ އެހެން މީހުންނަށް ނުހަނު ބޮޑަށް އުނދަގޫވާނެ ކަންކަންކަން ފުލުހުން ފާހަގަކުރެއެވެ.
15 Jul 2026
ކޯޓުން ބަންދުކޮށްފައިވާ ގެއަކަށް ވަތް ދެ މީހަކު ޑްރަގާއެކު ހައްޔަރު ކޮށްފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ.މަރަދޫފޭދޫ / އުއްމީދު ބަންދުކޮށްފައިވަނީ ޖޫން 15 ވަނަ ދުވަހުއެވެ.
15 Jul 2026
އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދެނީ
ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، މި ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.
15 Jul 2026
ބީއެމްއެލްގެ ބްރާންޗް ވިއުގަ 55 އަށް: އަލަށް 7 ބްރާންޗެއް ހުޅުވައިފި
ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިއަދު ޚިދުމަތް ދޭން ފެށި ބްރާންޗުތައް ހުންނަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށުގައެވެ.
15 Jul 2026
ސެމީ ފައިނަލަށް ރެފްރީއެއް ކަނޑައެޅުން
އާޖެންޓީނާ-އިންގްލެންޑް ސެމީ ފައިނަލް ރެފްރީކުރުމަށް އެމެރިކާގެ އިސްމާއިލް އެލްފަތު ހަމަޖައްސާފައިވާއިރު، މެސީ ބައިވެރިވި މެޗުތަކުގައި އޭނާ ރެފްރީކުރި ކޮންމެ މެޗަކުންވެސް އިންޓަރ މިއާމީ ފުރިހަމަ ޕޮއިންޓް ހޯދާފައިވާކަން ސޯޝަލް މީޑިއާގައި ފާހަގަކުރެވިފައިވެއެވެ.
15 Jul 2026
ޒުވާން ވިޔަފާރިވެރިންނަށް ރަހުނަކާ ނުލައި ލޯނު ދޫކުރާ ސްކީމެއް
ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.