އެސްޓީއޯއިން ކާޑުގެ ބާވަތްތައް އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް ކުރަނީ.. ފޮޓޯ: ވޮއިސް
ހަބަރު
01 Mar 2026 | 00:01
މެދުއިރުމަތީގެ މައްސަލައާ ގުޅިގެން ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް ލިބުން ދަތިވޭތޯ ސަރުކާރުން މޮނީޓަރކުރަން ފަށައިފި

މެދުއިރުމަތީގެ މައްސަލައާ ގުޅިގެން ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް ލިބުން ދަތިވޭތޯ ބަލައި މޮނިޓަރ ކުރަމުން ގެންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްނޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ދައުލަތުގެ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު ކުރިމަތިވެދާނޭ އަސަރުތައް ވަރަށް ރަނގަޅަށް މޮމިޓަރ ކުރަމުންގެންދާކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ މުދާ އުފުމުގެ ނިޒާމަށް އަތުވެދާނޭ ލޮޅުންތައް  ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންގެންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އަދި ރާއްޖެއަށް އާއްމުކޮށް މުދާ އެތެރެކުރާ މާކެޓްތަކާއި، ރުޓުތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެކަމުން އަރައިގަތުމަށްޓަކައި ބޭނުންވާނޭ އެހެނިގެން އިތުރު މާކެޓްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

މިނިސްޓްރީން ބުނީ މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. މިގޮތުން ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކްތައް ހުސްނުވެ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމާއި. އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްޒަސާތަކާއި، އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަލަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނޭކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން އިސްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފަސޭހަކަމާއެކު ލިބޭނޭމަގު ފަހިކޮށްދިނުން ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.