2026 ބަޖެޓް ފޮތް... ފޮޓޯ: މަޖިލިސް
ހަބަރު
03 Mar 2026 | 23:19
މާލީ ހާލަތު ރަނގަޅުވެ، ބަޖެޓް 1.9 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި

މިދިޔަ ފެބުރުއަރީމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާ، ކުރެވުނު ހަރަދުތަކަށް ބަލާއިރު 1.9 ބިލިއަން ރުފިޔާ ބަޖެޓް އަރަނީގެ ގޮތުގައި ރެކޯޑް ކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސުން ނެރެފައިވާ ދައުލަތުގެ ހަރަދުބަރަދާ ގުޅޭ ރިޕޯޓްގައި ބުނެފައިވަނީ، އަހަރުގެ މިހާހިސާބަށް އާއިރު، ދައުލަތުގެ މާލީ ހާލަތު ދައްކަނީ ވަރަށް ރަނގަޅަށްކަމަށެވެ. އެގޮތުން ފެބުރުއަރީމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 7.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމްލަ ހަރަދަކީ 5.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން، މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 1.9 ބިލިއަން ރުފިޔާގެ ސާޕްލަސްގެ ގޮތުގައި ރެކޯޑްކުރެވިފައިވާކަމަށް ފިނޭންސުން ބުންޏެވެ.

ފިނޭންސުން ނެރުނު ރިޕޯޓްގައި ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އެގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި 7.8 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 29.3 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބުނު އަދަދުގެ ތެރެއިން 83 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ.

އަހަރުގެ މިހާތަނަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިންނެވެ. އެގޮތުން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 39.4 އިންސައްތަ އިތުރު އަދަދެކެވެ.

ހަރަދުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު ޖުމްލަ ޚަރަދުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު ވަނީ 9.6 އިންސައްތަ އިތުރުވެފައެވެ. މިއަހަރުގެ މި މުއްދަތުގައި މުސާރައާއި ޕެންޝަނަށް 2.64 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިއީ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ސަބަބުން އައިސްފައިވާ ބަދަލެއްކަމަށް ފިނޭންސުން ވަނީ ފާހަގަކޮށްފައެވެ.

ދައުލަތުގެ މާލީ ހާލަތު ވަރުގަދަވުމުގެ ސަބަބުން، މިދިޔަ އަހަރުގެ މި މުއްދަތުގައި 98.2 މިލިއަން ރުފިޔާގައި ހުރި ސާޕްލަސް، މިއަހަރު ވަނީ 1.9 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސް.ޑީ.އެފް) ޖަމާކުރި އަދަދުވެސް ވަނީ 2.5 އިންސައްތަ އިތުރުވެ، 287.1 މިލިއަން ރުފިޔާއަށް އަރާފައެވެ .ބޭރު ފައިސާގެ އާމްދަނީއަށް ބަލާއިރު، މި މުއްދަތުގައި 222.8 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ލިބިފައިވާކަމަށް ފިނޭންސުން ވަނީ ފާހަގަކޮށްފައެވެ.

ފިނޭންސުން ބުނީ މިފަހަރު ހިސާބުތައް ނެރުން ލަސްވެފައިވަނީ، ޝަރުޢީ ދާއިރާއަށް ދެވޭ "ސެކްޓޯރަލް ގްރާންޓް" ނިޒާމު ތަޢާރަފުކުރުމާއި، ޒަކާތު ފަންޑަށް ޚާއްޞަ ވަކި ލެޖަރ އެކައުންޓެއް ގާއިމުކުރުން ފަދަ ކަންކަމުގެ ސަބަބުންކަމަށެވެ. އަދި ހަމަ އެހެންމެ މި އިޞްލާޙުތަކާއެކު، ދައުލަތުގެ އެކައުންޓިންގ ސިސްޓަމް އަލުން ތަރުތީބުކުރުމާއި، ބައެއް މާލީ ހިސާބުތައް ރިކައުންސިލްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވުމަކީވެސް މި ރިޕޯޓްނެރުން ލަސްވުމުގެ ސަބަބުތައްކަމަށް ފިނޭންސުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.