ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ތަކެއް: ފޮޓޯ/ ހައްޖު ކޯޕަރޭޝަން
ހަބަރު
05 Mar 2026 | 11:49
ނުފުރިފައި ތިބި އުމްރާވެރިންގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ އެހީގައި ދާން ބޭނުންވާ މީހުން އަންގަން އެދިއްޖެ

އެކި ސަބަބުތަކާހުރެ 1447 ވަނަ އަހަރުގެ ރަމަޟާން މަހު، ޢުމްރާގެ އަޅުކަމަށް ނުފުރި ތިބި ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝަދުގެ ދަށުން ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެކި ގްރޫޕްތަކުގެ ޙަވާލުގައި ރަމަޟާން ޢުމްރާއަށް ދިއުމަށް ނިންމާފައިވަނިކޮށް، ފްލައިޓުތައް ކެންސަލްވުމާއި، އެނޫންވެސް ދަތިތަކާއިހުރެ ފުރޭގޮތް ނުވެފައިވާ ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ޙައްޖު ކޯޕަރޭޝަނުން ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އަދި މިކަމަށްޓަކައި ފްލައިޓު ޗާޓަރު ކުރެވޭގޮތް ވެއްޖެނަމަ އެކަން ކުރުމާއި، އެ ކޮމޮޑޭޝަން ހަމަޖެއްސުމަށް މި ކޯޕަރޭޝަނުން މަސައްކަތްތަކެއް ކުރަމުންދާކަމަށް ނޫސްބަޔާނުގައި ވެއެވެ.

އެހެންކަމުން މި ރަމަޟާން މަހު ޢުމްރާގެ އަޅުކަން އަދާކުރުމަށް އެދި، ދިމާވި އެކި ސަބަބުތަކާހުރެ ނުފުރި ތިބި ފަރާތްތަކުގެތެރެއިން މި ފުރުޞަތުގެ ބޭނުން ހިފަން ބޭނުންވާ ފަރާތްތަކުން މާދަމާ މެންދުރު 12:00ގެ ކުރިން އީމެއިލް އެޑްރެސް [email protected] އަށް މަޢުލޫމާތު ފޮނުވުމަށްވެސް ޙައްޖު ކޯޕަރޭޝަނުން އެދެއެވެ.

އެކި ކުންފުނިތަކުން އުމްރާއަށް ދިއުމަށް އުޅުނު ފަރާތްތަކަށް ނުފުރިފައިވުމާއިބައެއް ޤައުމުތަށް މެދުވެރިކޮށް ޓްރާންސިޓްކޮށް ފުރަން އުޅުނު ފަރާތްތަކަށް،އެޤައުމުތަކުގެ ޕްލައިޓްތައް ކެންސަލްވުމުން ނުފުރިފަ ތިބި ފަރާތްތައް ޢުމްރާއަށްފުރުވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ފަށާފައިވާ ވާހަކަ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ވަނީ ހާމަކުރައްވާފައެވެ. 

މިވަގުތާހަމަ އަށް 150 މީހުން ފުރަން ބޭނުންވެފަ ތިބިކަންވަނީ ފާހަގަކުރެވިފައިކަމަށާއި، ފްލައިޓް ޗާޓަރު ކުރެވޭނެ ގޮތް ވެއްޖެ ނަމަ މީގެއިތުރުން ވެސް ޖާގައެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ޖާގަ ހުރި މިންވަރަކުންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަގުތު ކުޑަތަންވެފައިވުމުން މިކަމުގައި ހުރިދަތިތައް ޙައްލުވޭތޯ މަސައްކަތްކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުންނާ ގުޅުން ހުރި މިފަދަ  ކަންކަން ހައްލުކޮށްދެއްވުމަށް ޢިއްޒަތްތެރިރައީސް ޑރ މުޢިއްޒު ބަހައްޓަވަމުން ގެންދަވާ އަހައްމިއްޔަތަށްޓަކައި ވަރަށްއިޚްލާޞްތެރިކަމާއެކު ވަޒީރު ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. މިފަދަކޮންމެ ކަމެއްގައިވެސް ދިވެހިރައްޔިތުންނަށް ދެއްވާ އެހީތެރިކަންފާހަގަކުރައްވައި ދަތުރުގެ ޚަރަދު ކުރާނީ އެހެންޏާ ވެސް ޢުމްރާ ދަތުރުގައިއޮންނަ އުޞޫލުން ޢުމްރާވެރިންކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.