ހަކުރު ބަސްތާތަކެއް ރަށަކަށް ގެންދިއުމަށް ދޯންޏަކަށް އަރުވަނީ.. ފޮޓޯ: ވޮއިސް
ހަބަރު
05 Mar 2026 | 14:51
ޝީޝާ މަނާކޮށް، ދޯބުރާލި ހަކުރަށްދޭ ސަބްސިޑީ ކަނޑާލަނީ

ޝީޝާ މަނާކޮށް ދޯބުރާލި ހަކުރަށް ދެމުން އަންނަ ސަބްސިދީ ކަނޑާލުމަށް މަޝްވަރާތަކެއް ކުރެވެމުން އަންނަކަމަށް ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ހެލްތު މިނިސްޓަރު ނާޒިމް މިއަދު ވިދާޅުވީ، އާއްމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ވަރަށްގިނަ ފިޔަވަޅުތައް އަޅުއްވަމުން އަންނަކަމަށެވެ. މިގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުން ވޭޕްމަނާ ކުރުމާއި ޖެނެރޭޝަނަލް ބޭން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޝީޝާ މަނާކުރުމާއި ހަކުރަށް ދެމުން އަންނަ ސަބްސިޑީ ކަނޑާލުމާއި ހަކުރުގެ ބާވަތްތަކުން ނަގާ ޓެކްސްތައް އިތުރުކުރުންފަދަ ކަންކަމުގައި މަޝްވަރާތައް މިހާރުވެސް ކުރިއަށްދާކަމަށެވެ.

ސިއްހަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ.. ފޮޓޯ: ރައީސް އޮފީސް

މިފަދަ ކަންކަން ގެންދާއިރު ވަރަށް މުހިއްމު ކަމެއް އެއީ، ވަކި އުސޫލެއްގެ ތެރެއިން ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލުތަކާ ވަރަށް ބޮޑަށް ގުޅި އެއާ އެކު އުޅެފައި ހުރި ކަމަކަށް ވާތީވެ ވަކި އުސޫލެއްގެ ތެރެއިން ގެންދިއުން

މިނިސްޓަރު ޢަބްދުﷲ ނާޒިމް

މިނިސްޓަރު ވިދާޅުވީ ޝީޝާ މަނާކުރުމާއި ހަކުރަށް ދެމުންއަންނަ ސަބްސިޑީ ަނދާލުމުގެ ވާހަކަތައް އެކި ލެވެލްތަކުގައި މަޝްވަރާ ކުރެވެމުން އަންނައިރު، މިކަންކަމަށް މިމަގުން ހައްލު ނާންނާނޭކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. ނާޒިމް ވިދާޅުވީ އެންމެ މުހިންމީ އާއްމު ސިއްހަތުގެ ކަންކަމަށް ރައްޔިތުން އަހުލުވެރިކޮށް ހޭލުންތެރިކުރުން ކަމަށާއި، އެ ކަންކަންވެސް އަދި ތަންފީޒުވެގެން ދާނޭކަމަށެވެ. 

ޝީޝާ މަނާކޮށް އަދި ދިވެހިން އާއްމުކޮށް ކެއިން ބުއިމުގައި ބޭނުންކުރާ ހަކުރަށް ދެމުން އަންނަ ސަބްސިދީ ކަނޑާލުމަށް އެކި ލެވެލްތަކުގައި މަޝްވަރާތައް ކުރިއަށްދާއިރު، އާއްމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިހާތަނަށް ކުރި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވިގެން ގޮސްފައިވަނީ ޖެނަރޭޝަނަލް ބޭން ތަންފީޒުކޮށް، 2007 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.