ހެލްތު މިނިސްޓަރު އަބްދުﷲ ނާޘިމް އިބްރާހިމް
ހަބަރު
05 Mar 2026 | 14:59
ނެޝަނަލް ހެލްތު ލެބޯޓަރީ އަޅަން ޖުލައިގައި ބީލަމަކަށް ހުޅުވާލަނީ

ނެޝަނަލް ހެލްތު ލެބޯޓަރީ އިމާރާތް ކުރުމަށްޓަކައި އަންނަ ޖުލައި މަސްތެރޭގައި ބީލަމަކަށް ހުޅުވާލާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު ވިދާޅުވީ ނެޝަނަލް ހެލްތު ލެބޯޓަރީ ޑިޒައިންކޮށް ފީސިބިލިޓީ ސްޓަޑީ ހެދުމާއި ކޮންސަލްޓަންސީގެ ހިދުމަތް ހޯދުމަށް ބައިނަލްއަގްވާމީ ވާދަވެރި ބީލަމަކަށް ހުޅުވާލައިގެން ޓެންޑާކޮށް ހޮވިފައިވާ ޖަރުމަނުގެ ކުންފުނި ޖައިޓެކް އާއިއެކު އެގްރީމަންޓުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި މަސައްކަތް ކުރުމަށް 1.2 މިލިއަން ޑޮލަރަށް އެ ކުންފުންޏަށް ހަވާލުކޮށްފައިވާއިރު، މަސައްކަތުގެ ބޮޑުބައި ނިމިފައި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ނެޝަނަލް ހެލްތު ލެބޯޓަރީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ދެނެގަތުމަށް ކުރަންޖެހޭ ކެމިކަލް އަދި މައިކްރޯބައޮލޮޖިކަލް ތަހުލީލުތައް ކުރުމާއި، ލެބޯޓަރީގައި ކުރާ ޓެސްޓްތަކަކީ ބައިނަލް އަގްވާމީ ފެންވަރުގެ ޓެސްޓްތަކެއް ކަމުގައި ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގެ މަސްވެރިކަމާއި، ޓޫރިޒަމް އިންޑަސްޓްރީ އަދި މިނޫންވެސް އެކި މުއައްސަސާތަކުގެ ބޭނުން ތަކަށް ކުރަންޖެހޭ ތަހްލީލުތައް ކުރުން ހިމެނެ އެވެ. 

މިނިސްޓަރު ވިދާޅުވީ އެމްއެފްޑީއޭއަށް މި އަހަރާއި އަންނަ އަހަރު ގެނެވޭ އެންމެ ބޮޑު ކުރިއެރުމަކީ ގައުމީ ސިއްހީ ލެބޯޓަރީ ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ. ސަބަބަކީ މިހާރު ގައުމީ ލެބޯޓަރީ ހިންގަނީ ހެލްތު މިނިސްޓްރީ ހިނގަމުންދާ އިމާރާތުގައި ކަމަށާއި މި އިމާރާތަކީ މިފަދަ ތަނެއް ހިންގުމަށް ޖާގައިގެ ގޮތުންނާއި އެހެނިހެން ގޮތްތަކުންވެސް އެންމެ އެކަށީގެންވާ އިމާރާތެއް ނޫން ކަމަށެވެ. 

އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ނެޝަނަލް ހެލްތު ލެބޯޓަރީއަކީ ނުވަ ފަންގިފިލާގެ އިމާރާތެކެވެ. ޖާގަ ތަނަވަސް މި ލެބޯޓަރީން ދޭނެ ހިދުމަތްތަކުގެ ތެރޭގައި ވައިރޮލޮޖީ ރިސްކު ލެވެލް 2 އަދި 3 ގެ ވައިރަސްތައް ތަހުލީލުކުރުމާއި، ބެކްޓޮރޮލޮޖީގެ ދާއިރާއިން ބެކްޓީރީއާއި ގުޅުންހުރި ތަހުލީލުތައް ހިމެނެ އެވެ. މި ލެބޯޓަރީއާއެކު ކާބޯތަކެއްޗާއި ބޭސް ތަހުލީލު ކުރުމުގެ މަސައްކަތް އިތުރަށް ފުޅާވެންދާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.