ބަލެންދުރަ ޝާހް
ދުނިޔެ
08 Mar 2026 | 10:44
ނޭޕާލްގެ އިންތިޚާބުގައި، ބޮޑުވަޒީރު ބަލިކޮށް ކުރީގެ ރެޕް ލަވަކިޔުންތެރިޔާ ބަލެންއަށް ބޮޑު ކާމިޔާބީއެއް

ނޭޕާލްގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ކުރީގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ބަލެންދުރަ ޝާހް އިސްވެ ހުންނަވައި އުފެއްދެވި އައު ސިޔާސީ ޕާޓީން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.

ނޭޕާލްގެ އިލެކްޝަން ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާތަކަށް ބަލާއިރު، ބަލެންދުރަ ޝާހްގެ ރާސްތުރިޔާ ސްވަތަންތުރަ ޕާޓީ (އާރް.އެސް.ޕީ) އިން ވަނީ  އިންތިޚާބުކުރާ 165 ގޮނޑީގެ ތެރެއިން 60 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އިތުރު 61 ދާއިރާއަކުންވެސް އެ ޕާޓީ އުޅެނީ ކުރީގައެވެ.

އުމުރުން 35 އަހަރުގެ ބަލެންދުރަ ޝާހް، ނުވަތަ އާންމު ނަމުން ނަމަ "ބަލެން" އަކީ 2022 ވަނަ އަހަރު ކަތުމަންޑޫގެ މޭޔަރުކަން ކާމިޔާބުކުރައްވައި، 2025 ވަނަ އަހަރު ކުރީގެ ބޮޑުވަޒީރު ޚަދްގަ ޕްރަސާދު އޯލީގެ ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ސިވިލް އިންޖިނިއަރެއްގެ ގޮތުގައި ތައުލީމު ހާސިލުކުރައްވާފައިވާ ޝާހް މަޝްހޫރުވެފައިވަނީ ގައުމުގައި އޮތް ކޮރަޕްޝަނާއި ނާއިންސާފާ ދެކޮޅަށް އޭނާ ކިޔާފައިވާ ރެޕް ލަވަތަކުންނެވެ.

މި އިންތިޚާބުގައި ޝާހް ވާދަކުރެއްވީ ކުރީގެ ބޮޑުވަޒީރު އޯލީއާ ދެކޮޅަށް ހިމަގިރީގެ ދެކުނު އިރުމަތީ ދާއިރާއަކުންނެވެ. އޭނާ ވަނީ އޯލީއަށްވުރެ ހަތަރު ގުނަ އިތުރަށް ވޯޓު ހޯއްދަވައި، ބޮޑު ތަފާތަކުން އެ ގޮނޑި ކާމިޔާބުކުރައްވާފައެވެ. މި ކާމިޔާބީއަށްފަހު އޯލީ ވަނީ އެކްސް މެދުވެރިކޮށް ޝާހަށް މަރުހަބާ ވިދާޅުވެފައެވެ.

ޝާހްގެ ކެމްޕޭނުގައި ބޮޑު އިސްކަމެއް ދީފައިވަނީ ފަގީރު ރައްޔިތުންގެ ސިއްހީ އަދި ތައުލީމީ ފުރުސަތުތައް ރަނގަޅުކުރުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނަތީޖާއަކީ ގައުމަށް ދިމާވެފައިވާ ހިޔާނާތްތަކާއި މައްސަލަތަކުން ސަލާމަތްވުމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

ނޭޕާލްގެ އާބާދީގެ 40 އިންސައްތައަށްވުރެ ގިނަ މީހުންނަކީ 35 އަހަރުން ދަށުގެ ޒުވާނުން ކަމަށްވާއިރު، ގައުމުގެ މުސްކުޅި ސިޔާސީ ލީޑަރުންނާ މެދު ޒުވާނުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށް އެ ގައުމުގެ ނޫސްވެރިން ސިފަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.