މަޑަވެލި ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކުރުން --
ހަބަރު
08 Mar 2026 | 18:04
މަޑަވެލި ބިން ހިއްކުން އެމްޓީސީސީއަށް، 35 ހެކްޓަރު ހިއްކާނެ

ގދ. މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 174,584,264.40 ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން 19.17 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.

މަޑަވެލި ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކުރުން --

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން ބުނީ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ކުރީން ކޮންޓްރެކްޓްކޮށްފައިވާ 8.85 ހެކްޓަރުގެ ބިން ހިއްކުމާއެކު މަޑަވެލީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކުމަށް ރޭވިފައިވާ ކަމަށެވެ.

މިއަދު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.
08 Oct 2026
ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
08 Oct 2026
ވިއެޓްޖެޓުން ޑިސެމްބަރުގައި ވިއެޓްނާމުން މާލެއަށް ސީދާ ދަތުރުތައް ފަށަނީ
ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި މި ދަތުރުތައް ކުރާ ގޮތަށް ރާވައިފައިވާ އިރު، ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.
08 Oct 2026
ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކް، އޫރިދޫ އޮފީހުގެ ކުރިމަތީގައެވެ. މި ހަރަކާތް ހިންގަނީ މޯލްޑިވްސް ފްރީ ފްލައިންގ އެސޯސިއޭޝަނާއި އެޗްޑީސީ އަދި ޕެޓް މާސްޓާ ގުޅިގެންނެވެ.
08 Oct 2026
ސައުދީ އެއާޕޯޓުތަކަށް ހޫތީން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު އަދި ހޫތީން ވަނީ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެރިރަށް ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާ ދީފައެވެ.
08 Oct 2026
ވިލިމާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހަތަރު މީހަކު ހައްޔަރަށް؛ 3 ފިލްމީ ތަރިއަކު ހިމެނޭ
މި އޮޕަރޭޝަނަކީ, މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެކެވެ. ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ.