ޑޮލަރު
ދުނިޔެ
10 Mar 2026 | 11:00
އީރާނުގެ ހަނގުރާމަ ނިމިދާނެކަމުގެ އުންމީދާއެކު ތެލާއި ޑޮލަރުގެ އަގު ދަށަށް

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ ނިމި، ހަމަނުޖެހުންތަކަށް ހައްލެއް ފެނިދާނެކަމަށް ބެލެވުމާއެކު، ދުނިޔޭގެ ބާޒާރުގައި ޑޮލަރާއި ތެލުގެ އަގު ދަށަށް ދާން ފަށައިފިއެވެ.

މިއަދު އޭޝިއާގެ ބާޒާރުތައް ހުޅުވުނުއިރު، ޖަޕަނީޒް ޔެންއާ އަޅާބަލާއިރު ޑޮލަރު ހުރީ 157.73 ގައެވެ. އަދި ޔޫރޯއަކަށް ޖެހެނީ 1.1632 ޑޮލަރެވެ. މިއީ އިއްޔެއާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ.

ޑޮލަރުގެ އަގު މިގޮތަށް ބަދަލުވާން ފެށީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމެމުންދާ ކަމަށާއި، ކުރިން އުންމީދުކުރި ވަރަށްވުރެ އަވަހަށް ކަންކަން ހަމައަކަށް އެޅެމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސީ.ބީ.އެސް ނިއުސްއަށް ދިން ބަސްދީގަތުމަކާ ގުޅިގެންނެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން އިންކާރުކޮށް، އެއީ "ބޭކާރު" ވާހަކަތަކެއް ކަމަށް ބުނި ނަމަވެސް، ބައިނަލްއަގުވާމީ ވިޔަފާރިވެރިން މިހާރު ތިބީ މަޑުޖެހިލައިގެން މަސްރަޙު ދިރާސާކުރުމުގެ މަރުހަލާއެއްގައެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، އިއްޔެ ފީފާއެއް 120 ޑޮލަރަށް އުފުލުނު ބްރެންޓް ކްރޫޑް ތެލުގެ އަގު މިއަދު ހެނދުނު ވަނީ 92.46 ޑޮލަރަށް ތިރިވެފައެވެ.

ސިޑްނީގެ ނޭޝަނަލް އޮސްޓްރޭލިއާ ބޭންކުގެ އިސް ސްޓްރެޓެޖިސްޓް ރޮޑްރިގޯ ކެޓްރިލް ވިދާޅުވި ގޮތުގައި، ބާޒާރު މިވަގުތު އޮތީ "ނޭވާލާނެ ފުރުސަތެއް" ލިބިފައެވެ.

ނަމަވެސް، ހަނގުރާމަ ނިމުނީ ކަމަށް ނިންމައިގެން ތިބުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، އަދިވެސް ބާޒާރުގައި އަގުތައް އުފުލި ތިރިވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހޯރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ ބޭރުކުރުން ހުއްޓުމަކަށް އައުމަކީ ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް އޮތް ބޮޑު ބިރެކެވެ. މީގެ ސަބަބުން ތަކެތީގެ އަގު އުފުލި، މަރުކަޒީ ބޭންކުތަކުން އިންޓްރެސްޓް ރޭޓް ކުޑަކުރުމަށް ހުރަސްއެޅިދާނެ ކަމުގެ ކަންބޮޑުވުން އިންވެސްޓަރުންގެ މެދުގައި ވަނީ އުފެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.