ވަޒީރު ޢަބްދުﷲ ހަލީލް ވާހަކަދައްކަވަނީ.. ފޮޓޯ: ޕީއެންސީ
ހަބަރު
11 Mar 2026 | 01:07
ރައްޔިތުންނާ ހިސާބަށްދާން ބިރުގަންނަ ނަމަ، އެ ސިޔާސީ ކަންކަމަށް ކުފޫ ހަމަނުވަނީ: ހަލީލް

ޑިމޮކްރެޓިކް ވެއްޓެއްގައި ރައްޔިތުންގެ ރުހުން ލިބިގެން ނިންމަންޖެހޭ ކަންކަމުގައި ރައްޔިތުންނާ ހިސާބަށްދާން ބިރުގަންނަ ނަމަ އޭގެން ދައްކުވައިދެނީ ސިޔާސީ ކަންކަމަށް ކުފޫ ހަމަނުވުންކަމަށް ހާރިޖީ ވަޒީރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީން މިރޭ ހުޅުމާލެ މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ހާރިޖީ ވަޒީރު ވަނީ، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާވޯޓަށް އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދަމުންދާތީވެ އެކަމާ ގުޅޭގޮތުން ބައެއް ކަންކަން ފާހަގަކުރައްވާފައެވެ. ވަޒީރު ހަލީލް ވިދާޅުވީ، ކުރަން މިއުޅޭ ކަމަކީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހުރިގޮތެއް ބެލުންކަމަށާއި، މިކަމުންވެސް އެނގެނީ ސަރުކާރުގެ ނުވަތަ މަޖިލީހުގެ މެމްބަރުންގެ އޮތް އިހުލާސްތެރިކަން ކަމަށެވެ. އެހެންކަމުން މިކަމުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ހާރިޖީ ވަޒީރު ޑރ.އަބްދުﷲ ހަލީލް މިރޭ ވާހަކަފުޅު ދައްކަވަނީ ފޮޓޯ: ޕީއެންސީ

ހާރިޖީ ވަޒީރު ވިދާޅުވީ، މިކަމަކީ ރައްޔިތުންނާ ހަމަޔަށް ނުގޮސްވެސް ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ނިންމޭގޮތަށް އޮތް ކަމެއް ކަމަށެވެ. 

މި ތިއްބެވި މެންބަރުންނާ އެކު ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ރައްޔިތުންނާ ހިސާބަށް ނުގޮސްވެސް މިކަން ނިންމެން އެބައޮތް. އެކަމަކު ތެދުވެރިވީމަ، ރައްޔިތުންނާ އިހްލާސްތެރިވީމަ ރައްޔިތުން ކައިރިއަށް ގޮސް މި އަހަނީ ރައްޔިތުން ބޭނުންވަނީ ކޮންގޮތެއްތޯއޭ

ހާރިޖީ ވަޒީރު ޑރ.އަބްދުﷲ ހަލީލް.. ފޮޓޯ: ޕީއެންސީ

ވަޒީރު ވިދާޅުވީ މިބާވަތުގެ ކަންކަމުގައި ރައްޔިތުން ކައިރިއަށް ދާތީ ބިރުގަންނަން ޖެހޭނެ ސަބަބެއް ނެތްކަމަށާއި، ރައްޔިތުންނާ ހިސާބަށް ދިއުމަށް މިގޮތަށް ބިރުގަންނަ ކަމަށްވަންޏާ އޭގެ މާނައަކީ ސިޔާސީ ކަންކަމަށް ކުފޫ ހަމަ ނުވަނީކަމަށެވެ. 

އަދުގެ ސަރުކާރުން ކަންކަން ކުރަނީ ދިވެހި ވަންތަ ދިވެހިރާއްޖެއެއް ބިނާކުރަންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރަށް ނިސްބަތްވާ ވަޒީރަކު، މެންބަރަކު، މި ރާއްޖެ ބަދުނާމު ކުރުމަށްޓަކާ މަސައްކަތެއް ނުކުރާނެކަމަށެވެ.

ޕީއެންސީން މިރޭ ހުޅުމާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން.. ފޮޓޯ: ޕީއެންސީ

ސަރުކާރުގައި ތިއްބެވީ އެއަށްވުރެ މާ ގައުމީ ވަންތަ ބައެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި އިދިކޮޅު ފަރާތްތަކުން ރާއްޖެ ބޮއިކޮށްކުރުމަށް ކޮށްފައި ހުންނަ މަސައްކަތްތައް ވަރަށްބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން އެފަރާތްތަކުގެ އެކަންކަން ފާހަގަކުރެވުމުން އެބައިމީހުންނަކީ ދިވެހި ލޭހިނގާ ދިވެހި ރައްޔިތުންބާއޭ ސުވާލު ކުރެވޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ބައެއް ބޭފުޅުން ވިދާޅުވެފަ އެބައޮތް ތިމަންނަމެންނާ ހިސާބަށް އައިސަ އެބައޮތޭ ރާއްޖެއަށް ޓޫރިސްޓުން ތި ގައުމަށް ފޮނުވުން ހުއްޓާލަދޭށޭ.ކިހާ ނުބައި ވާހަކައެއްތޯ މިދައްކަނީ؟ އަޅުގަނޑު މިދައްކަނީ އަޅުގަނޑުމެން ގޭގަ މިތިއްބެވި އަޅުގަނޑުމެންގެ މައިންނާ ދަރިންނަށް އާމްދަނީގެ ގޮތުގަ ލިބޭ ފައިސާކޮޅު ހުއްޓުވާލަދޭ ވާހަކައޭ ބޭރުގެ ގައުމުތަކަށް ގޮސްފަ މިދައްކަނީ.

ހާރިޖީ ވަޒީރު ޑރ.އަބްދުﷲ ހަލީލް

ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތާއެކު ބައިނަލްއަޤްވާމީ ދުނިޔެއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަވެގެން ހިނގައްޖެކަމަށެވެ. 

ސްރާއީލް ފިޔަވައި ދިވެހިރާއްޖެއާ ގާތުން މަސައްކަތްކަތް ކުރާ ހަމަ ކޮންމެ ޤައުމަކާއެކު ރާއްޖެއިން ގާތްގުޅުން ބާއްވާނޭކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ، ވިސްނުން ތަފާތުވި ނަމަވެސް މި ގައުމު ދެކެވާ ލޯބި އަޅުގަނޑުމެން ކަފުން ކޮށްގެން ނުވާނެކަމަށެވެ.

މިރޭ ބޭއްވި މި ހަފްލާގައި ވަނީ ހުޅުމާލެ މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވާފައެވެ. މި ޖަގަހަ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.