ކުޑަހުވަދޫގައި ބިދޭސީންނަށް ހާއްސަކޮށް ބޭއްވި ދަރުހުގެ ތެރެއިން... ފޮޓޯ: ޔުނައިޓެޑް އިސްލާމިކް
ހަބަރު
11 Mar 2026 | 14:24
ކުޑަހުވަދޫގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަކޮށް ބޮޑު ދަރުހަކާއި ރޯދަ ވީއްލުމެއް ބާއްވައިފި

ދ.ކުޑަހުވަދޫގައި ދިރިއުޅެމުންދާ ބިދޭސީންނަށް ހާއްސަކޮށް ދީނީ ބޮޑު ދަރުހަކާއި، ރޯދަ ވީއްލުމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތްތަކާ ގުޅޭގޮތުން ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ކުޑަހުވަދޫ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީގެ ރައީސް އިސްމާއީލް އާދިލް ވިދާޅުވީ، މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެކަމަށެވެ. ކުޑަހުވަދޫ ކައުންސިލާ އަދި ސަލަފްގެ އެހީތެރިކަމާއެކު ކްރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ދަރުސް ކުރިއަށްގެންގޮސްފައިވަނީ ހަވީރުއެވެ. 

ކުދަހުވަދޫއަކީ އެކިއެކި މަސަކަތްތައް ކުރުމުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދާ ރަށެކެވެ.

ދަރުހަށްފަހު އެދުވަހު ބޭއްވި ރޯދަ ވީއްލުން.. ފޮޓޯ: ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ

މިގޮތުން އެ ރަށުގެ އާބާދީގެ 8 އިންސައްތަ އަކީ ބިދޭސީންކަމަށް ނުރަސްމީ ހިސާބުތަކުން ދައްކައެވެ. ޔުނައިޓެޑް އިސްލާމިކް ސޮސައިޓީގެ ރައީސް ވިދާޅުވީ، މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގްސަދަކީ ރަށުގައި އުޅެމުންދާ ބިދޭސީންގެ އަހްލާގާއި ސްލޫކު ރަނގަޅުކޮށް މުޖުތަމައުގައި އެމީހުންގެ ފަރާތުން ރީތި ސިފަތަކެއް ފެންނަ ބައެއްކަމުގައި ހެދުންކަމަށެވެ.

ބިދޭސީންނަށް ހާއްސަކޮށްގެން ބޭއްވި މި ބޮޑު ދަރުސްދެއްވީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދީނީ އިލްމުވެރިއެކެވެ.

ކުޑަހުވަދޫގައި ބިދޭސީންނަށް ހާއްސަކޮށް ބޭއްވި ދަރުހުގެ ތެރެއިން... ފޮޓޯ: ޔުނައިޓެޑް އިސްލާމިކް

ދަރުސް އަޑުއެހުމަށް 450 ހަށްވުރެ ގިނަ ބިދޭސީން ހާޒިރުވިއެވެ.

ދަރުހަށްފަހު ބޭއްވި ރޯދަ ވީއްލުމުގެ ކަންކަން އިންތިޒާމު ކުރުމުގައި ރަށުގައި ދިރިއުޅެމުންދާ ބިދޭސީންނާއި ރަށުެގ އާއްމު ފަރާތްތަކުގެ ބައިވެރިވުން ލިބުނުއިރު މި ޕްރޮގްރާމް ކުރިއަށްދިޔައީ ވަރަށް ކާމިޔާބުކޮށްކަމަށް ޔުނައިޓެޑް އިސްލާމިކް ސޮސައިޓީން ވަނީ ފާހަގަކޮށްފައެވެ.

ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ" (ޔޫ.އައި.އެސް) އަކީ ކުޑަހުވަދޫގެ އިތުރުން އަތޮޅު ފެންވަރުގައިވެސް ދީނީގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ ޕްރޮގްރާމްތައް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ދީލަތި އެހީތެރިކަމާއެކު މިފަހަކުން ވަނީ ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއްވެސް ހުޅުވާފައެވެ. މި ސްޓޫޑިއޯ ތަރައްޤީކޮށްފައިވަނީ ޒަމާނީ އާލާތްތައް ބޭނުންކޮށްގެންނެވެ. އެގޮތުން މި ސްޓޫޑިއޯގައި ކެމެރާ، ލައިޓިންގއަށް ބޭނުންކުރާ އާލާތްތަކާއި، ރެކޯޑިން އަދި އިތުރުން ލައިވް ސްޓްރީމް ކުރުމަށް ބޭނުންވާ އާލާތްތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.