ރައީސް (މ) އުބޭ (ކ) ޣާލިބް (ވ)
ހަބަރު
11 Mar 2026 | 14:57
ޣާލިބަށް ތާއީދުކުރާ ކަމަށް ބުނާ ވާހަކަ ރައީސް ދޮގުކުރައްވައިފި

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތާއީދު ކުރައްވާ ކަމަށް އޭނާ ދައްކަވާ ވާހަކަތައް ރައީސް މިއަދު ދޮގު ކުރައްވައިފި އެވެ.

ރައީސް އެކަން ދޮގުކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތް ކުރިއަށް ގެންދެވުމަށް ފަހު ނޫސްވެރީންނާއި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެ ދާއިރާގެ ގެތަކަށް ޒިޔާރަތް އެމްޑީޕީގެ ކެންޑިޑޭޓް ދޮގު ވާހަކަތަކެއް ދައްކަމުންދާ ކަމަށެވެ. އެގޮތުން ރައީސްގެ ތާއީދު އޮތީ އޭނާއަށް ކަމަށް ބުނަމުންދާ ކަމަށެވެ.

ހުޅުމާލެ ދެކުނު ދާއިރާއަށް އެމްޑީޕީން ކުރިމަތިލަނީ އަހްމަދު ޣާލިބު އެވެ. އޭނާ އަކީ ރައީސްގެ އާއިލީ މީހެކެވެ. އަދި ކުރީން ރައީސްގެ އަރިހުގައި މަސައްކަތްކުރި މީހެކެވެ. ނަަމަވެސް ފަހުން އެމްޑީޕީއާ ގުޅުނީ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ތާއީދު އޮތީ ޕީއެންސީ ކެންޑިޑޭޓުންނަށް އެކަނި ކަމަށެވެ.

"ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އަޅުގަނޑު ތާޢީދުކުރާ ކެންޑިޑޭޓުން ތިބޭނީ ޕީއެންސީ ޓިކެޓްގައި. ޚާއްސަކޮށް މި ދާއިރާގައި [ހުޅުމާލެ ދެކުނު ދާއިރާ] އަށް ނިކުމެ ހުރި އެމްޑީޕީ ކެންޑިޑޭޓަށް އަޅުގަނޑު ތާޢީދު ކުރާ ކަމަށް. އެއީ ކަނޑައެޅިގެން ދޮގެއް އިނގޭތޯ. އަޅުގަނޑުގެ ތާޢީދު އޮންނާނީ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އެކަނި. ޕީއެންސީ ކެންޑިޑޭޓަށް އެކަނި," ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދުގެ ހަރަކާތުގައި: ރައީސްގެ އަރިހުގައި މޭޔަރު ކެންޑިޑޭޓް މޫސާ ޖަލީލް އަދި ހުޅުމާލެ ދެކުނު ދާއިރާގެ ކެންޑިޑޭޓް އުބޭ

ހުޅުމާލެ ދެކުނު ދާއިރާއަށް ތިން ކެންޑިޑޭޓަކު ވާދަކުރެ އެވެ. އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރަނީ އަޙްމަދު ޢުބައިދު (އުބޭ) އެވެ. އަމިއްލަ ގޮތުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވާދަކުރެ އެވެ. ދެން ވާދަކުރަނީ އެމްޑީޕީގެ ޓިކެޓްގައި އަހްމަދު ޣާލިބް އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ޕާޓީގެ ނިޒާމު ގަބޫލުކުރާ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން އެހެން އެއްވެސް ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ތާއީދު އޮންނާނީ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އެކަނި. ޕީއެންސީ ކެންޑިޑޭޓަށް އެކަނި. މިނިވަންކޮށް ހުންނަ ކެންޑިޑޭޓަކަށްވިޔަސް އެމްޑީޕީ ޓިކެޓްގައި ހުރި ބޭފުޅަކަށް ވިޔަސް އަދި އެއްވެސް އެހެން ބޭފުޅެއްގެ ޕާޓީއެއްގެ ޓިކެޓްގައި ހުރި ކެންޑިޑޭޓަކަށް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ," ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.