ދާޙިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
12 Mar 2026 | 11:18
ސްވައިޕް މެދުވެރިކޮށް ފައިސާ ހަރަދު ކުރެވޭވަރު ބެލުމުގެ ނިޒާމެއް އޮތުމަކީ ލިބުނު ލުޔެއް: އިޙްސާން

ސްވައިޕް މެދުވެރިކޮށް ފައިސާ ހަރަދު ކުރެވޭ މިންވަރާއި، އެ ޚަރަދުކުރެވޭ ކަންކަން ބެލުމުގެ ނިޒާމެއް އޮތުމަކީ ލިބުނު ބޮޑު ފަސޭހައެއް ކަމަށް ދާޙިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އައްޑޫއަށް ސްވައިޕް ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހްސާން ވިދާޅުވީ، ފަސޭހަކަމާއެކު ފައިސާގެ މުޢާމަލާތް ކުރެވޭނެ މަގެއް އޮތުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ފައުދާ ކުރާނެ ކަމެއް ކަމަށެވެ.

އަދި ހަމައެހެންމެ އަމިއްލަ ފައިސާ ޚަރަދުކުރެވޭ ގޮތް ޓްރެކް ކުރެވޭނެ ގޮތެއް އޮތުމަކީވެސް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. 

އަޅުގަނޑުމެންގެ އަމިއްލަ ފައިސާ ޓްރެކް ކުރެވޭނެ ނިޒާމެއް އޮތުމަކީވެސް ވަރަށް މުހިންމު ކަމެއް. ވަރަށް ގިނަ ފަހަރަށް މުޅި މުސާރަ ހުސްވެގެންދާއިރުވެސް، މި ދިޔައީ ކޮން އެއްޗަކަށް ކަމެއްވެސް ބައެއް މީހުންނަކަށް ނޭނގެ. މި ވޮލެޓް (ސްވައިޕް) ގެ ތެރޭގައި އެބަހުރޭ، މީހާގެ އެކްސްޕެންސްތައްވެސް ޓްރެކްކުރެވޭ ގޮތަށް. ކެޓަގަރައިޒް ކުރެވޭގޮތަށް. އަދި ކުރިއަށް އޮތްތާ އެމީހާ ފައިނޭންޝިއަލީ އެމީހާ ޕްލޭން ކޮށްގެން މީހާގެ މާލީ ހާލަތު ބެލެހެއްޓޭނެ ގޮތްވެސް އެބައޮތް. އެހެންވީމާ މިފަދަ ފުރިހަމަ ނިޒާމެއް އެކުލެވިގެން އައުމަކީ އަޅުގަނޑުމެން ވަކިވަކި ފަރުދުންވެސް ފައިނޭންޝިއަލް ޑިސިޕްލިންވެސް ކުރިއަށް އޮތްތާނގައި ހިފެހެއްޓުމަށް ބާރުއެޅިގެންދާނެ ކަމެއް

ދާޙިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

މިއާއެކު ވަޒީރު ވަނީ ސްވައިޕް އާއެކު ވިޔަފާރިވެރިންނަށާއި، އަމިއްލަ ފަރުދުންނަށް ލިބިދާނެ އެހެން ފައިދާ ތަކާއި ލުއިތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ވިދާޅުވީ، ފަސޭހަކަމާއެކު، އެމީހެއްގެ ފައިސާ ފަސޭހައިން ލިބުމާއި، އެ ލިބޭ ފައިސާ ފަސޭހަކަމާއެކު އޮޑިޓް ކުރެވޭނެ ގޮތްތައް ހުރުމަކީ ހިސާބުކިތާބު ބެލެހެއްޓުމަށް މުހިންމު ކަމެއް ކަމަށެވެ. 

ހަމައެއާއެކު ޑިޖިޓަލް ކޮމާސްއަށް، ގްރޯތްއަށް ބަލާ ބޭފުޅުންނަށް ކުރިއަށް އޮތް ތާންގައި އައު އޭރިއާ ތަކަކަށް ވިޔަފާރި ފުޅާ ކުރުމަށް މިއޮތީ ވަރަށް ފުރިހަމަ ގޮތެއް ބީއެމްއެލްއިން ހޯދައިދެއްވާފައި

ދާޙިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

ވަޒީރު އިތުރަށް ވިދާޅުވީ، ދައުލަތުގެ އިގްތިޞާދަށް ބަލާއިރު، ފައިނޭންޝިއަލީ އިނޮވޭޓިވް ވާނެ މާގިނަ ގޮތްތަކެއް ނޯންނަ ކަމަށެވެ. ނަމަވެސް، ސްވައިޕް އަކީ ދައުލަތުގެ ފައިނޭންޝިއަލް ސިސްޓަމްވެސް އިނޮވޭޓް ކޮށްދިން ވޮލެޓެއް ކަން އިހްސާން ފާހަގަކުރެއްވިއެވެ. 

އެހެންކަމުން ސްވައިޕް އަކީ ވަކިވަކި ފަރުދުންނަށާއި، ކުންފުނި ތަކަށާއި ވިޔަފާރިތަކަށްވެސް ވަރަށް މުހިންމު ވޮލެޓެއް ކަމަށް އިހްސާން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.