ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުން --
ހަބަރު
12 Mar 2026 | 17:37
ތެލާއި ގޭސް ހުސްނުވެ ލިބޭނެ، އިތުރު މާކެޓްތައް ހޯދަނީ

ތެލާއި ގޭސް ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާ އެތަކެތި ހޯދުމަށް އިތުރު މާކެޓްތައް ބަލަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން އެކަން ހާމަކޮށްފައިވަނީ މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. ނޫސްވެރީންގެ ބައްދަލްވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ހަނގުރަމާއާ ގުޅިގެން ތެލުގެ އަގު ވަރަށް ބޮޑުތަނުން އުފުލިފައިވާ ކަމަށެވެ.

މާކެޓްގައި ތެޔޮ ފީފާއެއްގެ އަގު ހުރި ކަމަށް ރިޕޯޓް ކުރާ އަދަދުގެ ދެ ގުނައަށް ތެލުގެ އަގު އުފުލިފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ބަދަލާއެކު ރާއްޖޭގައިވެސް ތެލުގެ އަގު އުފުލިފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ތެލާއި ގޭސް އަދި ކާބޯތަކެތި ލިބޭނެ ކަން ކަށަވަރު ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މޫސާ ޒަމީރު -- ފޮޓޯ: ރައީސް އޮފީސް

ހާއްސަކޮށް ދެން އިތުރަށް ތެލުގެ އަގު އުފުލުނަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެސްޓީއޯގެ ފައިދާ ދަށްވި ނަމަވެސް ތެލުގެ އަގު ބޮޑުނުކޮށް ހިފެހެއްޓުން ހިމެނެ އެވެ. އަދި ތެލުގެ އަގު ހެޔޮ ކުރުމަށް އެސްޓީއޯއަށް އިތުރަށް ސަބްސިޑީ ދީގެން ވިޔަސް ރައްޔިތުންނަށް ދަތިނުވެ ތެޔޮ ލިބޭނެ ގޮތް ހަަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ. އަދި މިނިސްޓަރު ވިދާޅުވީ ތެލުގެ އަގަށް ބަދަލު ގެންނަނީ "ހަމަ ތިބެފައި" ނޫން ކަމަށެވެ.

"ތެލާއި ގޭހަށް ބަލާއިރު އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމެއް ނެތި އިރާދަފުޅުކުރެއްވިއްޔާ އެބަހުއްޓޭ. އެކަމަކު ތެލުގެ އަަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފި," މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ ޖަނަވަރީ މަހު އެސްޓީއޯއަށް އައު ތެޔޮ ބޯޓެއް ގަނެފައިވާ ކަމަށެވެ. މި ހާލަތަށް ބަލާއިރު އެއީ ކުރެވުނުު ވަރަށް ރަނގަޅު ކަމެއް ކަމުގައި ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެއް ބޯޓް ތެޔޮ ބަރުކޮށް ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު ފަސް ދުވަހެއްގެ ތެރޭގައި އެ ބޯޓް ރާއްޖެ އަންނާނެ ކަމަށެވެ. އަނެއް ބޯޓް ވެސް ތެޔޮ ބަރުކޮށްގެން ވަރަށް އަަވަހަށް ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ތެލާއި ކާބޯތަކެތި ހޯދުމަށް އިތުރު މާކެޓްތައް ބަލަމުންދާ ކަމަށް ވެސް މިނިސްޓަރުން ވިދާޅުވި އެެވެ. އެ މަަސައްކަތުގައި ރަނގަޅު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.