އެމިރޭޓްސް ރެޑް ކްރެސެންޓުން ދެއްކި ޒަކާތު ފައިސާ މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީއާ ހަވާލުކުރުން ---
ހަބަރު
15 Mar 2026 | 16:20
އެމިރޭޓްސް ރެޑް ކްރެސެންޓުން ޒަކާތުގެ ގޮތުގަައި 40،000 ޑޮލަރު ދައްކައިފި

އެމިރޭޓްސް ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި 40،000 ވުރެ ގިނަ ޑޮލަރު ދައްކައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން ފިޠުރު ޒަކާތުގެ ގޮތުގައި 40،780.44 ޑޮލަރު (626,795.36 ރުފިޔާ) ދީފައިވާ ކަމަށެވެ. މި ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ފިޠުރު ޢީދުގެ އުފަލުގައި ބައިވެރިކުރުމަށާއި، ޢީދު ހެދުން ގަނެދިނުމަށާއި، ފުޑް ޕެކޭޖު ދިނުމަށާއި ރޯދަ ވީއްލުން ދިނުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި ޒަކާތުގެ މި ފައިސާ، ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ޔަތީމުންނާއި ފަޤީރުންނަށް ޚަރަދު ކުރުމަށް މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީއާ ހަވާލުކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން ދެއްވި މި ފައިސާއަކީ، މިއީ ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ގާތް ގުޅުން ހާމަކޮށްދޭ އެހީތެރިކަމެއް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.