ދުބައި އެއާޕޯޓަށް ދިން ހަމަލާ
ދުނިޔެ
16 Mar 2026 | 10:19
ޑްރޯން ހަމަލާއަކާ ގުޅިގެން ދުބައި އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން ހުއްޓާލައި، އެމިރޭޓްސްގެ ފްލައިޓްތައް ސަސްޕެންޑްކޮށްފި

ދުބައި އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ހުރި ތެޔޮ ޓޭންކަކަށް ޑްރޯން ހަމަލާއެއް އެރުމާ ގުޅިގެން އެ އެއާޕޯޓުގެ ފްލައިޓް އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލައި، އެމިރޭޓްސް އެއާލައިނުން ދުބައިއަށް ދަތުރުކުރާ އަދި ދުބައިން ފުރާ ހުރިހާ ފްލައިޓެއް ސަސްޕެންޑްކޮށްފިއެވެ.

ހޯމަ ދުވަހުގެ ފަތިހު ދުބައި އެއާޕޯޓު ކައިރީގައި ހުރި ތެޔޮ ޓޭންކަކަށް ޑްރޯން ހަމަލާއެއް އެރުމުން އަލިފާން ރޯވިކަން ދުބައި މީޑިއާ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ އޮފީހުން ބުނީ ސިވިލް ޑިފެންސް ޓީމުތަކުން އަލިފާންގަނޑު ކާމިޔާބުކަމާ އެކީ ކޮންޓްރޯލްކޮށްފައިވާ ކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. މި ހާދިސާ ހިނގީ ދުބައި ގަޑިން ފަތިހު 3 ޖެހިފަހުންނެވެ.

މި ހާދިސާއާ ގުޅިގެން ދުބައި ސިވިލް އެވިއޭޝަން އޮތޯރިޓީން ވަނީ ފަސިންޖަރުންނާއި މުވައްޒަފުންގެ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ދުބައި އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓްތައް ވަގުތީ ގޮތުން ހުއްޓާލައިފައެވެ. ބައެއް ފްލައިޓްތައް އަލް މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިވާޓްކޮށްފައިވާ ކަމަށް ދުބައި އެއާޕޯޓްސް އިން ބުނެއެވެ.

މިކަމާގުޅިގެން އެމިރޭޓްސް އިން ވަނީ ދުބައިއަށް ދަތުރުކުރާ އަދި ދުބައިން ފުރާ ހުރިހާ ފްލައިޓެއް ވަގުތީ ގޮތުން ސަސްޕެންޑްކޮށް، ފަސިންޖަރުން އެއާޕޯޓަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ. އެ އެއާލައިނުން ބުނީ އިތުރު މަޢުލޫމާތު ލިބެން ފެށުމުން އަޕްޑޭޓް ދޭނެ ކަމަށާއި، ފަސިންޖަރުންނާއި ކްރޫގެ ސަލާމަތަކީ އެންމެ އިސް ކަންތައް ކަމަށެވެ.

ދުބައި އެއާޕޯޓު ކުއްލިއަކަށް ބަންދުކުރުމާ ގުޅިގެން، އިންޑިއާގެ ކޮޗީން އިން ދުބައިއަށް ދަތުރުކުރި އެމިރޭޓްސްގެ ފްލައިޓް އީކޭ533 ވަނީ 325 ފަސިންޖަރުންނާ އެކު އެނބުރި ކޮޗީންއަށް ޖައްސައިފައެވެ. ފަތިހު 4:30 ގައި ފުރި މި ފްލައިޓް ހެނދުނު 8:30 ގައި ރައްކާތެރިކަމާ އެކީ ކޮޗީންގައި ޖެއްސީ ދަތުރުގެ މެދުތެރެއިން އެނބުރި ދިއުމަށް އެންގުމުންނެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ގޯސްވެފައިވާއިރު، އޮފިޝަލުން ބުނާ ގޮތުގައި މި ހަމަނުޖެހުން ފެށުނީއްސުރެ އީރާނުން ޔޫއޭއީއަށް 1،800 އަށް ވުރެ ގިނަ މިސައިލާއި ޑްރޯން ފޮނުވާލައިފައި ވެއެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނުތާ ގަޑިއިރުތަކެއް ތެރޭ، ދުބައި އެއާޕޯޓުގެ ޓާމިނަލް 3 ގެ ފުރާޅަށް ޑްރޯނެއް ވެއްޓި ހަތަރު މީހަކަށް އަނިޔާވެފައިވެއެވެ.

ހަނގުރާމައާ ގުޅިގެން ފެބްރުއަރީ 28 އިން މާޗް 31 ގެ ދެމެދަށް ބުކިން ހައްދާފައިވާ ކަސްޓަމަރުންނަށް އެމިރޭޓްސް އިން ވަނީ ފުރުޞަތުތަކެއް ހުޅުވާލައިފައެވެ. އެގޮތުން އެޕްރީލް 30 ގެ ކުރިން އެހެން ފްލައިޓަކަށް ބަދަލުކުރެވޭނެއެވެ. ސީދާ އެމިރޭޓްސް މެދުވެރިކޮށް ބުކް ކޮށްފައިވާ ނަމަ ރީފަންޑަށް ވެސް އެދެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.