ޞަދަގާތް ބަހަނީ
ހަބަރު
16 Mar 2026 | 11:46
ހަ ރޯދައިގެ ނިޔަލަށް ކަންބަޅި މަސް ޞަދާޤާތްކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރަމަޟާން މަހުގެ ފަހު ދިހައެއް ނިމުމަކަށް އަންނަމުންދާއިރު، ހެޔޮ އަމަލުތަކުގެ މަތީގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ޞަދަޤާތް ކުރެވޭނެ އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.

މި ފުރުސަތުގެ ދަށުން، ކަންބަޅި ނުވަތަ ބަކަރީގެ މަސް ޞަދަޤާތް ކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އައިއޭސީން ބުނި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ހަދިޔާކުރާ ޖަނަވާރުތައް ކަތިލުމަށްފަހު، މަސްތައް ނޮޅައި، ކޮށައި އަދި ޕެކްކުރުމަށްފަހު ބޭނުންޖެހިފައިވާ ފަރާތްތަކަށް ބެހުމުގެ މަސައްކަތް އެ ޖަމްއިއްޔާއިން ކުރިއަށް ގެންދާނެއެވެ.

މި ހަރަކާތް ކުރިއަށްދާނީ ހަ ރޯދައިގެ އެންމެ ފަހު ދުވަހުގެ ނިޔަލަށެވެ. ޞަދަޤާތުގެ ގޮތުގައި ހަދިޔާކުރެވޭނީ 5 ކިލޯގެ މަސް ޕެކޭޖްތަކެކެވެ. މިގޮތުން 5 ކިލޯގެ ޕެކޭޖެއްގެ އަގަކީ 575 ރުފިޔާއެވެ.

އައިއޭސީން ފާހަގަކުރާ ގޮތުގައި، ބަތް ފަދަ އެއްޗަކާ އެއްކޮށްގެން ކާނަމަ، މިފަދަ އެއް ޕެކޭޖުން ގާތްގަނޑަކަށް 20 މީހުންނަށް ކެވޭނެއެވެ.

ޕެކޭޖް ހަދިޔާކުރާ ފަރާތްތަކަށް އެއިން ޞަދަޤާތް ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތިގެ ފޮޓޯ ފޮނުވޭނެ ކަމަށާ، ޞަދަގާތް ކުރުމަށް ހަމަޖެހިފައިވަނީ މިސްރުގައި އުޅޭ ޣައްޒާ އަދި ސޫދާންގެ ރެފިޔުޖީ އާއިލާތަކަށް ކަމަށް އައިއޭސީން ބުނެއެވެ. 

މި ޞަދަޤާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެ ޖަމްއިއްޔާއިން މައުލޫމާތު ދެއެވެ.

ޕެކޭޖު ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު، ސްލިޕް 9122121 އަށް ވައިބާކޮށްލަން އައިއޭސީން އެދެއެވެ.

ބީއެމްއެލް އިސްލާމިކް : 7770000062740

އެމްއައިބީ:  90101555002111000

އެކައުންޓް ނަން: International Aid Campaign 

އެކައުންޓް ލޭބަލް:Seasonal projects

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.