އިރާން މިސައިލް ލޯންޗިންގް ސައިޓް
ދުނިޔެ
16 Mar 2026 | 13:00
އަބޫދާބީގައި މިސައިލެއް ވެއްޓި ފަލަސްތީނު ރައްޔިތެއް މަރުވެއްޖެ

އަބޫދާބީގެ އަލް ބާޚިއާ ސަރަހައްދައް މިސައިލެއް ކާރެއްގެ މައްޗައް ވެއްޓި ފަލަސްތީނު ރައްޔިތެއް މަރުވެއްޖެޔެެެވެ.

އަބޫދާބީގެ ކަމާބެހޭ ފަރާތްތަކުން އެކްސްގައި ކުރި ޕޯސްޓްއެއްގައި ބުނީ ކަމާބެހޭ ފަރާތްތަކުން އަލް ބާޚިއާ ސަރަހައްދަ މިސައިލެއް ވެއްޓި ކާރެއް އޭގައި ދަށުވުމުގެ ރިޕޯޓް ލިބުމުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށާއި، އަދި ވަނީ ރަސްމީ މަސްދަރުތަކުން މައުލޫމާތު ހޯދުމަށް އިލްތިމާސް ކޮށްފައެވެ.

އަބޫދާބީގެ ކަމާއި ބެހޭ ފަރާތްތަކުން، ވެެއްޓުނު މިސައިލްއަކީ ވަކި ޤައުމެއްގެ މިސައިލެއް ކަމެއް ކަށަވަރު ކޮށްފައެއް ނުވެއެވެ. ސޯޝަލް މީޑިއާ އިން ގިނަ މީހުން ބުނަނީ ވެއްޓުނީ އަބޫދާބީގެ އިންޓަސެޕްޓިންގް މިސައިލެއް ކަމަށެވެ.

ރޭގެ ވަގުތެއްގައި އިރާނުން ވަނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށްްވެސް ހަމަލާދީފައެެވެ. އަދި އެ ހަމަލައިގެ ސަބަބުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕެރޭޝަންތަކަށް ވަނީ ބުރުއަރައިފައެވެ. 

ދުބާއީއަށް ރޭ ދިން ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ. މިއަދުވެސް ދުބާއީއަށް ދިން ހަމަލާތަކުގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

އިރާނުން ދަނީ 28 ފެބްރުއަރީން ފަށައިގެން އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ޔޫ.އޭ.އީ ގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ އަމާޒު ކުރަމުނެްނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ