ތެޔޮ ބޯޓް
ދުނިޔެ
17 Mar 2026 | 12:09
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފަހެއް އިންސައްތަ މައްޗައް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5% އަށް އުފުލިއްޖެއެވެ.

މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމާއި އީރާނުގެ ތެޔޮ މަރުކަޒުތަކަށް ދެވުނު ހަމަލާތަކާ ގުޅިގެން ތެލުގެ ސަޕްލައިއަށް ދަނީ ބުރޫއަރަމުންނެވެ. އެގޮތުން، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 103 ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއީ ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ ސަޕްލައިއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މި ބަދަލަކީ ރާއްޖެ ފަދަ ތެލަށް ބަރޯސާވާ ގައުމަކަށް އިގްތިސާދީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެކެވެ. ރާއްޖޭގައި މިހާރުވެސް ތެލުގެ އަގު ބޮޑުވަމުންދާއިރު، އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ އުފުލިފައެވެ. އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ 29 ރުފިޔާއާ ގާތްކޮށްފައެވެ.

މީގެ ސަބަބުން ކަރަންޓު އުފެއްދުމަށާއި ދަތުރުފަތުރަށް ކުރާ ހޭދަ އިތުރުވެ، އާންމު މުދަލުގެ އަގުތައް އުފުލިގެންދާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތައް ބުނެއެވެ.

ރައީސް ޑރ.މުހަޢްމަދު މުޢިއްޒު މެދުރިރުމަތީގެ ހާލަތާއި ގުޅިގެން އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީ އިން ވަނީ މިދިޔަ ހަފްތާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ރިޕޯޓް ހިއްސާ ކޮށްފައެވެ.

އެގޮތުން، ދިވެހިރާއްޖެއަށް އަންނަ އެއާލައިންތައް އިތުރުކޮށް މިހާރު އޮޕެރޭޓް ކުރަމުންދާ އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް މަޝްވަރާކުރަމުންދާކަމަށް ވަޒީރުންގެ ހާއްސަ ކޮމިޓީއިން ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ގިނަ ފަރާތްތަކުން ދަނީ ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.