އެމްޑީޕީގެ އިސްވެރިން
ހަބަރު
17 Mar 2026 | 12:20
ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުޞަތު ރައްޔިތުންނަށް ގެއްލޭނެ: އެމްޑީޕީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުޞަތު ރައްޔިތުންނަށް ގެއްލޭނެ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ. 

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޤާނޫނުއަސާސީ އިޞްލާޙުކުރުމާ ގުޅޭ ރެފެރެންޑަމް ލޯކަލް ކައުންސިލް އިންތިޚާބާ އެއްކޮށްލައިގެން ކުރިއަށް ގެންދަނީ ރައްޔިތުންނަށް އެކަށީގެންވާ މަޢުލޫމާތު ފޯރުކޮށްދިނުމެއް ނެތި ކަމަށެވެ.

އަދި މި އިސްލާހުގެ ސަބަބުން ފަސް އަހަރުގެ ދައުރުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުޞަތު ރައްޔިތުންނަށް ގެއްލޭނެ ކަމަށެވެ.

އެ ޕާޓީން ބުނީ މި އިޞްލާޙު މަޖިލީހުގެ ކޮމިޓީ މަރުޙަލާގައި ދިރާސާކުރީ އެންމެ ފަސް މިނެޓުން ކަމަށާއި، ތަޅުމުގައި ބަހުސްކުރީ އެންމެ ދެ ގަޑިއިރު ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާ ބައްދަލުކޮށް، ޤާނޫނުގައި ލާޒިމުކުރާ މިންވަރަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރެވިފައި ނުވާ ކަމަށް ބުނެފައިވެއެވެ. އަދި ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާއިން "ނޫނެކޭ" ބުނާ ކެމްޕެއިނަށް ސަރުކާރުގެ ކެމްޕެއިނާ އެއް ހަމައެއްގައި ފުރުޞަތު ދީފައި ނުވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ސަރުކާރުން މި ބަދަލު ގެންނަން ދައްކާ ސަބަބަކީ ޚަރަދު ކުޑަވުމާއި "އިންތިޚާބުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދުން ކަމަށް ވީނަމަވެސް މި ޤާނޫނީ ބަދަލަކީ ވެރިކަމުގެ ބާރުތައް މަރުކަޒީކޮށް، ޤާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ޗެކްސް އެންޑް ބެލެންސް ނެތިކޮށްލުމަށް ކުރާ މަސައްކަތެއް ކަމަށް އެ ޕާޓީން ސިފަކުރިއެވެ. މި ރެފެރެންޑަމް ބާއްވަން ހަމަޖެހިފައިވަނީ އެޕްރީލް 4 ވަނަ ދުވަހު ކައުންސިލް އިންތިޚާބާ އެކުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.