މަސްވެރި އުޅަނދެއް މިފްކޯގެ ބޯޓަކާ ކައިރިކޮށްފައި
ހަބަރު
17 Mar 2026 | 13:22
ކުރިން ތެއޮ ވިއްކި ރޭޓްގައި މިފްކޯއިން މަސްވެރިންނަށް ތެއޮ ދޫކުރަން ނިންމައިފި

މީގެ ކުރިން ތެއޮ ވިއްކި ރޭޓުގައި މިފްކޯއިން މަސްވެރިންނަށް ތެއޮ ވިއްކުމަށް ނިންމައިފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯއިން ވިއްކާ ޑީސަލްގެ އަގަށް ބަދަލުގެނެސް އިއްޔެ ވަނީ އެކުންފުނިން ތެއޮ އަޅާ ތަންތަނުން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައެވެ. އެކަމާ ގުޅިގެން މަސްވެރިންގެ ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް މިފްކޯއިން ވަނީ މަސްވެރިންނަށް ކުރިން ވިއްކަމުން އައި ރޭޓުގައި ތެއޮ ވިއްކަމުންދާނޭކަމަށް ބުނެފައެވެ.

އެގޮތުން "ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން ސަބްސިޑީ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވުމުން ކުރިއެކޭ އެއްގޮތަށް މަސްވެރި އުޅަނދުތަކަށް ތެއޮ ވިއްކަމުންދާނޭކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. 

އެގޮތުން މިފްކޯއަށް މަސްކިރުވާ އުޅަނދުތަކަށް ޑީސަލް ލީޓަރެއް 16.54 ރުފިޔާގެ ރޭޓުގައި ވިއްކާނެއެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް މަސްކިރުވާ ދޯނިތަކަށް ޑީސަލް ލީޓަރެއް 16.04 ރުފިޔާއ ޑީސަލް ލީޓަރެއް ގަންނަން ލިބޭނެއެވެ. މިފްކޯއިން ބުނީ ކުރިއެކޭ އެއްގޮތަށް އާއްމު ފަރާތްތަކަށް އެކުންފުނިން ޑީސަލް ވިއްކަމުންދާނީ، ލީޓަރެއް 17.54 ރުފިޔާއަށް ކަމަށެވެ.

މިފްކޯއިން އިއްޔެ ނެރުނު ބަޔާނުގައި އެކުންފުނީގެ ތެއޮ އަޅައިދޭ ތަންތަނުން ޑީސަލް ލީޓަރެއް ވިއްކުމަށް ނިންމީ 27.24 ރުފިޔާއަށެވެ. އަދި އާއްމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކަމަށް ނިންމީ 28.54 ރުފިޔާއަށެވެ.

މެދުއިރުމަތީގެ މަސްރަހުގައި މިހާރު ފަށާފައިވާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގައިވެސް ތެލުގެ އަގު ހަލުވިކަމާއެކު ބޮޑުވަމުންދާއިރު، ރާއްޖޭގައި ތެލުގެ އަގު ބޮޑުވިޔަ ނުދިނުމަށް ސަރުކާރުން ގެންދަނީ އެކި އިންތިޒާމުތައް ހަމަޖައްސަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.