ރައީސް ނަޝިދު ތުޅާދޫގައި.. ފޮޓޯ: އެމްޑީޕީ
ހަބަރު
17 Mar 2026 | 15:46
މަޖިލީހުގެ އަޣުލަބިއްޔަތު ނެތިއްޔާ ސަރުކާރެއް ނުހިންގޭނެ: ރައީސް ނަޝީދު

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިގެންމެނުވީ ސަރުކާރެއް ނުހިންގޭނޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބ.އަތޮޅު ތުޅާދޫއަށް ކުރެއްވި ޒިޔާރަތުގައި މިއަދު އެރަށުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމަށް ގެންގަން ޖެހޭ ބަދަލުތައް އެބަހުރިކަމަށެވެ. އެގޮތުން މަޖިލީހުގެ އަޣުލަބިއްޔަތު ނެތި ސަރުކާރެއް ނުހިންގޭނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދެއްކެވި ނަމަވެސް ރައީސް ނަޝީދު މިއަދުވެސް ވަނީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުން ރަނގަޅު ނޫންކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމަށް ގެންނަ ބަދަލުތައް ވާންޖެހޭނީ އެންމެ ޕާޓީއެއް ބޭނުންވެގެން ގެންނަ ބަދަލަކަށްވުރެ ބޮޑަށް މުޅި ސިޔާސީ ޕާޓީތައް ބޭނުންވެގެން ގެންނަން ޖެހޭ ބަދަލަކަށް ކަމަށެވެ. އެގޮތުން ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅެމުންދާ ވިސްނުން އެމަނިކްފާނަށް ފަހުމް ނުވާކަމަށް މިއަދު ވަނީ ވިދާޅުވެފައެވެ. 

ރައީސް ނަޝީދު ވިދާޅުވީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން މަޖިލީހުގެ މެމްބަރު އިންތިހާބު ވެގެން އަންނަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ތާއީދާ އެކުގައި ކަމަށާއި، އެހެން ވުމުގެ ސަބަބުން ރައްޔިތުންނާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާ ގުޅުމެއް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑުގެ ނެތް ޖަވާބެއް މިއަދު މި ވޯޓު ސަރުކާރުން ނަންގަވައިގެން އުޅޭ ސަބަބެ، ހަމަ ހިލާ ނެތް އެއްވެސް ބޭފުޅަކަށް ކިޔައި ނުދެއްވޭނެ އަދި މީގެން ނުކުންނާނީ ރަނގަޅެއްތޯ ނުބައެއްތޯ

ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ މެޖޯރިޓީ ނެތި ސަރުކާރު ނުހުންގޭނޭކަމަށާއި އަދި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ދެކޮޅުކަަމަށް ރައީސް ނަޝިދު މިއަދު ވާހަކަފުޅު ދެއްކެވިނަމަވެސް މީގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކްފާނު ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުމަކީ ރަނގަޅު ގޮތެއް ކަމުގައި ދެކެވަޑައިގަންނަވާކަށެވެ.

ކޮމެންޓް
ހުސަެނުބެ
ހުރިހާކަމަކާ ބެހެން މީ ކާކު ހެއްޔެވެ؟ އަމިއްލަ ޕާރޓީގައިވެސް ތާއީދެއް ނެތެވެ. މަތިންބައިން ޖެހިގެން މަމޮޅު ހެދިގެން އުޅުނަކަސް ދިވެހިން ތިޔަ ދައްކާ ވާހަކައެއް އަހާކަށް ބޭނުމެއްނެތެވެ.
17 Mar 2026
އަސްލު ވެސް
އެއް ޕާޓީ ބޭނުން ވެގެނެއް ނޫން. ރައްޔިތުން ބޭނުން ވަންޏާ ނިންމާނީ ވޯޓުން އެވޯޓް އެނަގަނީ. މިހާރުވެސް 3 ޕާޓީ އޮތީ ތާއީދު ކޮއްފަ
17 Mar 2026
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.