އިލްމުވެރިޔާ އުސްތާޛާ ހައްވާ ލަޠީފް މިރޭ ބަޔާން އިއްވަވަނީ --
ހަބަރު
18 Mar 2026 | 21:05
އުސްތާޛާ ހައްވާ ލަޠީފަށް އިތުރު ޝަރަފެއް: ހަނދާ ބެހޭ ބަޔާނެއް އިއްވެވި ފުރަތަމަ އަންހެނަކަށް އެކަމަނާ

ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމާއި ގުޅޭގޮތުން ފަލަކީ ކޮމެޓީން ބައްދަލްވެ މިރޭ ވަނީ ގޮތް ނިންމާފަ އެވެ. އެ ބައްދަލްވުމަށް ފަހު ނިންމި ނިންމުން އިއުލާނު ކޮށްދެއްވީ ދީނީ އިލްމުވެރިޔާ އުސްތާޛާ ހައްވާ ލަޠީފެވެ.

ކޮންމެ އަހަރަކު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމާއި ގުޅޭގޮތުން ގޮތް ނިންމާ އެކަމާއި ގުޅޭ ބަޔާން އިއްވުން އޮވެ އެވެ. މިރޭ އޮތް ބައްދަލްވުމަށް ފަހު އުސްތާޛާ ހައްވާ ލަޠީފް ބައްޔާން އިއްވެވުމާއެކު އެކަމަނާ ވަނީ ތާރީހުން ޖާގަ ހޯއްދަވާފަ އެވެ. ޚާއްސަ ޝަރަފެއް ވަނީ ލިބިވަޑައިގެންފަ އެވެ.

އިލްމުވެރިޔާ އުސްތާޛާ ހައްވާ ލަޠީފް މިރޭ ބަޔާން އިއްވަވަނީ --

އެއީ ރާއްޖޭގައި ހަނދާ ބެހޭ ބަޔާނެއް އިއްވެވި ފުރަތަމަ އަންހެން ބޭފުޅަށް އެކަމަނާ ވެވަޑައިގަތުމެވެ. މި އަހަރުގެ ކުރީން މިފަދަ ހުރިހާ ބަޔާންތަކެއް އިއްވަވާފައިވަނީ ފިރިހެން ބޭފުޅުންނެވެ.

ހުކުރު ޚުތުބާ ލިޔުއްވި ފުރަތަމަ އަންހެން އިލްމުވެރިޔާ

އުސްތާޛާ ހައްވާ ލަޠީފަށް މީގެ ކުރީން އެހެން ޝަރަފެއް ވެސް ލިބިވަޑައިގެންފައިވެ އެވެ. އެއީ ހުކުރު ޚުތުބާއެއް ލިޔުއްވި ފުރަތަމަ އަންހެން އިލްމުވެރިއަކަށް އެކަމަނާ ވެވަޑައިގަތުމުންނެވެ.

އިލްމުވެރިޔާ އުސްތާޛާ ހައްވާ ލަޠީފް މިރޭ ބަޔާން އިއްވަވަނީ --

"އާއިލީ ގުޅުން ދެމެހެއްޓުން" މި ނަމުގައި އެކަމަނާ ލިޔުއްވި ހުތުބާ ކިޔާފައިވަނީ އޮގަސްޓް 9, 2024 ގަ އެވެ. މި ހުތުބާއަށް އެހެން ޝަރަފެއް ވެސް ވެ އެވެ. އެއީ ފުރަތަމަ ފަހަރަށް އިނގިރޭސި ތަރުޖަމާއާއެކު ގެނެސްދިން ޚުތުބާ ވެސް މެ އެވެ.

ހައްވާ ލަޠީފް ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.