އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން... ފޮޓޯ: އެމްޑީޕީ
ހަބަރު
19 Mar 2026 | 15:24
އެމްޑީޕީގެ ސުވާލެއް، މިވަރުން ރައްޔިތުން ގޮތް ނިންމާނީ ކިހިނެތް؟

އިލެކްޝަން ކޮމިޝަނުގެ އަމަލުތައް ހުރިގޮތުން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާއި ޤައުމީ އިންތިހާބުގައި ރައްޔިތުންނަށް ގޮތް ނިންމަން އުނދަގޫވެފައިވާކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ އޮތް ކަންބޮޑުވުން ފާޅުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ކެމްޕެއިން ތަރުޖަމާން ޢަބްދުالله ވަޙީދު ވަނީ އިލެކްޝަނުގެ އަމަލުތައް ހުރީ މިނިވަން އިންތިހާބަކަށް ފަހިވާ ބީދައިން ނޫންކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާހަގަކޮށްފައެވެ. އެގޮތުން އިންތިހާބުގައި ރައްޔިތުންނަށް ވޯޓުލުމަށް އޮތް ފުރުސަތުތައް ހަނިކޮށްފައިވާ ކަމަސާއި، ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް މިފަހަރު އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ގެއްލިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ފެށުނީއްސުރެ މަސައްކަތްކުރަމުންދިޔައީ ވޯޓުލުމަށް އޮތް ފުރުސަތު ހަނިކުރަން ކަމަށާއި، ލޯކަލް ކައުންސިލް އިންތިހާބާއި، އަދި ޤައުމީ އިންތިހާބެއް އޮތްއިރު، މިކަމުގައި ވޯޓުލެވޭ އާބާދީގެ އެންމެންގެ ބައިވެރިވުމާއެކު ގޮތް ނިންމާނީ ކިހިނެތްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ރާއްޖޭގެ ގިނަ ރައްޔިތުން ގޮތްނިންމުމުގައި ބައިވެރިވާންޖެހޭ އިންތިހާބެއް އޮތްއިރު އެ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް، ހާއްސަކޮށް ލަންކާ އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅެމުންދާ ދިވެހިންނަށް ވޯޓު ނުލެވޭގޮތަށް އިންތިހާބު ތަރުތީބުވެގެން ދިއުމަކީ އިންތިހާބުގެ އިންސާފުވެރިކަމާއެކުގައި އިންތިހާބު ކުރިއަށް ނުދާނެކަމުގެ ހެތްކެއް

ޢަބްދުالله ވަޙީދު

އޭނާ ވިދާޅުވީ އިލެކްޝަނުން މަސައްކަތް ކުރަނީ ސަރުކާރުގެ ނުފޫޒުގައި ޖެހިގެންކަމަށާއި، ސަރުކާރުން އަންގާގޮތަށް އިލެކްޝަނުން ކަންކަން ކުރަން ހުއްޓާލަންޖެހޭ ކަމަށެވެ. އިންތިހާބާ ގުޅޭގޮތުން އެމްޑީޕީގެ ހުރި ކަންބޮޑުވުންތައް އިލެކްޝަން ކޮމިޝަނާ ހިއްސާކުރިކަން ފާހަގަކުރަމުން ވައްޑެ ވިދާޅުވީ، ރިފަރެންޑަމް ވޯޓެއް އޮތްއިރު އެ އިންތިހާބަށް އިލެކްޝަނަށް ތައްޔާރުވެވޭނޭކަމާމެދު ސުވާލު އުފެދޭކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މަޖިލީހުގެ މެމްބަރު ޢަބްދުލްޤަފޫރު މޫސާ ވަނީ ކުރިއަށްއޮތް އިންތިހާބަށް ކުރިމަތިލާއިރު ދައުލަތުގެ މުއައްސަސާތައް މިނިވަންކަމާއެކު މަސައްކަތްކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. މިހާރު މި ފެނިގެންދަނީ އެމަގުން ކަންކަން ހިނގަމުން ނުދާ މަންޒަރުކަމަށާއި، އުސޫލުން ބޭރުން ކަންކަން ކުރަމުންދާނަމަ އެ މުއައްސަސާއެއް ޤާނޫނުގެ ކުރިމައްޗަށް ގެންނާނޭކަމަށް ވިދާޅުވެ، ގަޕޯ ވަނީ މިނިވަން މުއައްސަސާތަކަށް އިންޒާރުދޭ މޭރުމަކުން ވާހަކަދައްކަވާފައެވެ. 

ކޮމެންޓް
އަހުދުނާމާ
ކަލޭމެންގެ ވެރިކަމުގަ ނުފޫޒް ނުހިންގާ އެންމެ މުއައްސަސާއެއް ވެސް ނިކަންދައްކަ ބަލަ
19 Mar 2026
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.