ޔޫއެންގެ ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަންގެ މެމްބަރަކަމުގެ ދައުރު ރާއްޖެ އިން ފެށުން
ހަބަރު
20 Mar 2026 | 08:36
ޔޫއެންގެ ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަންގެ މެމްބަރަކަމުގެ ދައުރު ރާއްޖެ އިން ފަށައިފި

އދގެ ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަންގެ ހަތްދިހަ އެއްވަނަ ސެޝަންގައި 2026 އިން 2030 ގެ ނިޔަލަށް އެ ކޮމިޝަންގެ މެމްބަރުކަމުގެ ދައުރު ރާއްޖެއިން ފަށައިފި އެވެ. މިއީ މި ކޮމިޝަންގެ މެމްބަރުކަން ރާއްޖެއިން އަދާކުރާ ފުރަތަމަ ފަހަރެވެ.

މި ސެޝަން ފެށީ މި އަހަރުގެ މާރިޗު މަހުގެ 9 އިން 19 އަށް ނިއު ޔޯކުގައި ހުންނަ އދގެ މައި މަރުކަޒުގައި ބޭއްވި އެ ކޮމިޝަންގެ ހަތްދިހަ ވަނަ ސެޝަން ނިމުމާއެކު އެވެ. ހަތްދިހަވަނަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ "ހަމަހަމަ ޤާނޫނީ ނިޒާމެއް ކުރިއެރުވުމާއި، ތަފާތުކުރުވަނިވި ޤާނޫނުތަކާއި ނިޒާމީ ގޮންޖެހުންތައް ނައްތާލައި، އަންހެނުންނަށް އިންސާފު ހޯދުމަށް ސިޔާސަތުތަކާއި އަމަލުތައް ބައްޓަންކުރުން" މި ޝިޢާރުގެ ދަށުން ބޭއްވި އެ ކޮމިޝަންގެ ހަތްދިހަ ވަނަ ސެޝަން ނިމުމާއެކު އެވެ.

ކޮމިޝަންގެ ހަތްދިހަ ވަނަ ސެޝަންގެ ޖެނެރަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ރާއްޖެ އިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވަނީ ގަވަރނަންސް އަދި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ދިވެހިރާއްޖެ އިން ކުރަމުންދާ މަސައްކަތްތައް، ވަކިން ހާއްސަކޮށް ޑޭޓާ އިން ބާރުލިބިދޭ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޒުކޮށް، އަންހެނުންނަށް ގާނޫނުން ލިބިދޭ ރައްކާތެރިކަން ކަށަވަރުކޮށްދޭ ސަޕޯޓް ސާވިސަސްތަކަށް އަލިއަޅުވާލާފައެވެ. އަދި، މިންތީގެ ހަމަހަމަކަން ހާސިލުކުރުމަށް ބޭނުންވާ މަލީ އެހީ ދެމެހެއްޓެނިވި ގޮތެއްގައި ހޯދިދާނެ މަގުތައް ދެނަގަތުމަށް ދިވެހިރާއްޖެ އާއި ޓިމޯ ލެސްޓް އާއި ބްރެޒިލް އާއި ސައުތު އެފްރިކާ އާއި ކަޒަކްސްތާން އަދި ޔޫއެން ވިމަން ގުޅިގެން ބޭއްވި ގްރޫޕް އޮފް 77 އެންޑް އިމަރޖިންގ ޕާޓްނަރސް މިނިސްޓީރިއަލް ރައުންޑްޓޭބަލްގައި ޕެނަލިސްޓެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އޭނާ ވަނީ ދެމެހެއްޓެނިވި ތަރައްގީއަށް އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަގުފަހިވާ މާލީ ނިޒާމުތަކަށް އިންވެސްޓް ކުރުން މުހިންމު ކަމުގައި ވިދާޅުވެފަ އެވެ.

މީގެ އިތުރުން، މިންތީގެ ހަމަހަމަކަން ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައި, އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ މަންދޫބުން ވަނީ ދިވެހިރާއްޖޭގެ ވޮލަންޓަރީ ނެޝަނަލް ޕްރެސެންޓޭޝަނެއް ފުރަތަމަ ފަހަރަށް ކޮމިޝަންގައި ހުށަހަޅާދެއްވާފަ އެވެ.

ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަން އަކީ އދގެ މައި ގުނަވަނެއްކަމުގައިވާ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޮސޮކް) ގެ ގަރާރުން 1946 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގާއިމުކުރި ކޮމިޝަނެކެވެ. އިކޮސޮކް ގެ ފަންކްޝަނަލް ކޮމިޝަނެއްކަމުގައިވާ މި ކޮމިޝަންގެ މަސްއޫލިއްޔަތަކީ އަންހެނުން ބާރުވެރިކުރުމާއި މިންތީގެ ހަމަހަމަކަމަން އަދި އަންހެނުންގެ ހައްގުތައް ކުރިއެރުވުމެވެ. އެގޮތުން، މި ލަނޑުދަނޑިތައް ހާސިލުކުރުމަށް މިންގަނޑުތައް ކަނޑައެޅުމަށާއި، ހޯދާފައިވާ ކުރިއެރުންތައް އިވެލުއޭޓް ކުރުމަށާއި އަންހެނުންގެ ދިރިއުޅުން އިތުރަށް ބަދަހި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ މެދު މަޝްވަރާކުރުމަށް ކޮންމެ އަހަރަކުވެސް މި ކޮމިޝަންގެ ބައްދަލުވުންތައް ބާއްވައެވެ.

ދިވެހިރާއްޖެ މި ކޮމިޝަންގެ މެމްބަރަކަށް އިންތިހާބުވެފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އިކޮސޮކްގައި އެކަމަށް ބޭއްވި އިންތިހާބުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.