ތެލުގެ އަގު ބޮޑުވިޔަސް ޓެކްސީ ދަތުރުތަކުގެ އަގު ބޮޑެއް ނުކުރަން: ނަލަ ޓެކްސީ

20 Mar 2026 | 17:59
ޓެކްސީ ތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ޓެކްސީ ދަތުރުތަކުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ނަލަ ޓެކްސީ ސެންޓަރުން ބުނެފިއެވެ.

ނަލަ ޓެކްސީ ސެންޓަރުން ނެރުނު ނޫސްބަޔާނެއްގައި މިހެން ބުނެފައި ވަނީ، ތެލުގެ އަގު އުފުލުމާ ގުޅިގެން ޓެކްސީތަކުން ބޮޑު އަގު ނަގަމުންދާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައާއި މީސްމީޑިއާގައި ޕޯސްޓްތައް ދައުރުވަމުން ދާ ދަނޑިވަޅެއްގައެވެ.

އެ ސެންޓަރުން ބުނީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ނަލަ ޓެކްސީގެ ދަތުރުތަކުގެ އަގަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި މަގުމަތިން ޓެކްސީ ނެގުމުގެ ބަދަލުގައި، އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ ސެންޓަރަށް ގުޅައިގެން ދަތުރު ކުރުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް