އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
22 Mar 2026 | 10:07
ހުރްމުޒް ކަނޑުއޮޅި ހުޅުވަން، ޓްރަމްޕް އީރާނަށް 48 ގަޑިއިރުގެ މުހުލަތެއް ދީފި

ދުނިޔޭގެ ބާޒާރަށް ތެއޮ ސަޕްލައިކުރާ މައި މަގު، ހުރްމުޒް ކަނޑުއޮޅި ހުޅުވަން އެމެރިކާއިން އީރާނަށް 48 ގަޑިއިރުގެ މުހުލަތެއް ދީފިއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، ކުރިއަށްއޮތް 48 ގަޑިއިރުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ހުޅުވަން އަންގައި އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ، އިންޒާރާ އެއްގޮތަށް ކަނޑުއޮޅި ހުޅުވާނުލައިފިނަމަ، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތައް ނައްތާލާނެކަމަށެވެ.

ޓްރަމްޕް މި ބީދައިން އިންޒާރު ދެއްވީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ މެދުވެރިކޮށް ވިދާޅުވެފައިވަނީ، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެ ކަނޑުއޮޅި އާންމު ދަތުރުފަތުރަށް ހުޅުވާނުލައިފިނަމަ، އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި 'ޕަވަރ ޕްލާންޓް' ތަކަށް ހަމަލާދީ އެ ތަންތަން ބިމާ ހަމަކޮށްލާނެ ކަމަށެވެ. މި ހަމަލާތައް ފަށާނީ އީރާނުގައި ހުރި އެންމެ ބޮޑު މަރުކަޒުން ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މި އިންޒާރާ ގުޅިގެން އީރާނުންވެސް ވަނީ ރައްދު ދީފައެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެ ގައުމުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް އެއްވެސް ގެއްލުމެއް ދީފިނަމަ، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި އިޒްރޭލުގެ މުހިންމު ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ. މިއާއެކު މެދުއިރުމަތީގެ މަސްރަހު ވަނީ ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

ހުރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ދުނިޔޭގައި ބޭނުންކުރާ ތެލުގެ ގާތްގަނޑަކަށް %40 ބާޒާރުތަކަށް ނެރެނީ މި ކަނޑުއޮޅިން ކަމަށްވާއިރު، މި މަގު ބަންދުވުމަކީ ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމެކެވެ.

މި ނުރައްކާތެރި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ދެ ފަރާތުންވެސް އަމާން ދިނުމަށް ގޮވާލަމުންނެވެ. ނަމަވެސް ޓްރަމްޕްގެ މި އިންޒާރާއެކު، ކުރިއަށް އޮތް 48 ގަޑިއިރަކީ މުޅި ދުނިޔެ ސަމާލުވެގެން ތިބޭނެ ވަގުތުތަކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.