އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) ގެ ވެރިޔާ ފާތިހް ބީރޯލް
ދުނިޔެ
22 Mar 2026 | 16:54
ތެލުގެ ބޭނުން ކުޑަކުރަން ދުނިޔޭގެ ހަކަތައާއި ބެހޭ އެޖެންސީގެ ވެރިޔާ ގޮވާލައިފި

އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) ގެ ވެރިޔާ ފާތިހް ބީރޯލް، ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުން ކުރިމަތިވެފައިވާ ހަކަތައިގެ ބޮޑު ކާރިސާއާ ގުޅިގެން، ތެލާއި ގޭހުގެ ބޭނުންކުރުން ވަގުތުން މަދުކުރުމަށް ސަރުކާރުތަކަށް ގޮވާލައިފިއެވެ.

ތުރުކީގެ ހުއްރިއެތު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ބީރޯލް ވިދާޅުވީ މި ކާރިސާގެ ސަބަބުން ދުވާލެއްގެ މައްޗަށް 11 މިލިއަން ފީފާގެ ތެޔޮ އުފެއްދުން ހުއްޓިފައިވާ ކަމަށެވެ. މިއީ 1973 އާއި 1979 ގެ ތެލުގެ ދެ ކާރިސާގައި ޖުމްލަ ގެއްލުނު 10 މިލިއަން ފީފާއަށް ވުރެ ވެސް ބޮޑު އަދަދެކެވެ. ގޭހުގެ ދާއިރާއަށް ބެލިޔަސް ހާލަތު ހަމަ އެހާ ގޯހެވެ. ގަތަރާއި ޔޫއޭއީ އިން ބޭރުކުރާ ގޭސް ހުއްޓުމާ އެކު 140 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ސަޕްލައި މެދުކެނޑިފައިވާ ކަމަށް ބީރޯލް ވިދާޅުވިއެވެ. މިއީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ގެއްލުނު މިންވަރަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ބޮޑު އަދަދެކެވެ.

މިހާރު ކުރިމަތިވެފައި މިވާ ކާރިސާއަކީ 1970 ގެ ދެ ތެލުގެ ކާރިސާ އާއި ރަޝިޔާ-ޔޫކްރެއިން ގޭސް ކާރިސާ އެއްކޮށްލީމާ ވެސް އެއަށް ވުރެ ބޮޑު ކާރިސާއެއް

 ބީރޯލް ވިދާޅުވިއެވެ.

ބާޒާރުތަކާއި އަގުތައް އާންމު ހާލަތަށް ރުޖޫޢަވާނެ މައިގަނޑު ހައްލަކީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުން ކަމަށާއި، ކަނޑުއޮޅި ގިނަ ދުވަހަށް ބަންދުވެއްޖެ ނަމަ ދުނިޔޭގެ އިގުތިސާދަށް ލިބޭ ގެއްލުން ހަލުވިކަމާ އެކު ބޮޑުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބީރޯލް ވިދާޅުވީ މި ކާރިސާ ހަމައެކަނި ތެލާއި ގޭހަށް ލިމިޓް ނުވާ ކަމަށެވެ. ދުނިޔޭގެ ގަސްކާނާ (ފާޓިލައިޒަރު)ގެ ތިންބައިކުޅަ އެއްބައި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ކަމަށާއި، މި ހާލަތު ދެމިގެންދާ ނަމަ ދަނޑުވެރިކަމުގެ ދާއިރާއަށް އަސަރުކޮށް ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އޭގެ އިތުރުން ޕެޓްރޯކެމިކަލް އުފެއްދުންތަކުގެ ހަތަރުބައިކުޅަ އެއްބައި ވެސް އެ ކަނޑުއޮޅިން ދަތުރުކުރާ ކަމަށާއި، ސަލްފާ، ހީލިއަމް އަދި ބޭސްވެރިކަމުގެ ދާއިރާއަށް ކޮންމެހެން ބޭނުންވާ މާއްދާތައް ވެސް ހުއްޓިފައިވާ ކަމަށް ވިދާޅުވިއެވެ.

މި ހާލަތު ދިގުދެމިގެންދާ ނަމަ ހަކަތައިގެ އަގު ބޮޑުވެ، އިންފްލޭޝަން މައްޗަށް ގޮސް، ހަކަތަ އެތެރެކުރާ ގައުމުތަކުގެ ކަރަންޓް އެކައުންޓް ދަރަނި ބޮޑުވެ، އިގުތިސާދީ ކުރިއެރުން މަޑުޖެހި، ބައެއް ގައުމުތައް ދަރަނީގެ ނުރައްކާ ބޮޑު ހާލަތަކަށް ވެއްޓިދާނެ ކަމުގެ އިންޒާރު ބީރޯލް ދެއްވިއެވެ.

އައިއީއޭ އިން ސަރުކާރުތަކަށް ހުށަހަޅާ ފިޔަވަޅުތަކުގެ ތެރޭގައި ގޭގައި މަސައްކަތްކުރުން ފުޅާކުރުމާއި، ހައިވޭ ސްޕީޑް ލިމިޓް މަދުވެގެން 10 ކިލޯމީޓަރު ދަށްކުރުމާއި، ޕަބްލިކް ޓްރާންސްޕޯޓް އަގުހެޔޮ ކުރުމާއި، ކާރު ޝެއާ ކުރުން ޕްރޮމޯޓް ކުރުމާއި، ޕްރައިވެޓް ޖެޓްތައް ގްރައުންޑް ކުރުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.