ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް
ހަބަރު
22 Mar 2026 | 18:58
ދެ ވިސާއެއް ތައާރަފުކޮށް ބައެއް ކަންކަމަށް ހުއްދަ ދެނީ

ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މުހިންމު ބައެއް ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގަައި ތިބި ބައެއް ފަތުރުވެރީން ވިސާގެ މުއްދަތު އިތުރުކުރުމަށް ހުށައަޅަމުންދާ ކަމަށެވެ. އެކަމަށް މިވަގުތު އޮތީ އުނދަގޫ އުސޫލެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ވިސާގެ މުއްދަތު އިތުރުކުރަން ހުށައެޅުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މިވަގުތު އިތުރު ދެ ވިސާއެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ރިމޯޓް ވޯކިން ވިސާ އާއި ކޮންޓެންޓްކްރޭޓިވް ވިސާއެއް ތަޢާރަފުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ބައެއް ކަންކަމަށް ހުއްދަ ދެނީ

މީގެ އިތުރުން ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ބައެއް ކަންކަމަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އެއް ކަމަކަށް މިނިސްޓަރު ފާހަގަ ކުރެއްވީ ސްޕިއާ ފިޝިންއަށް ހުއްދަ ދޭން ނިންމުންނެވެ. އެކަން މަނާވެފައި އޮންނަތާ 40 އަހަރު ވެއްޖެ އެވެ.

އަދި ޓެކްނިކަލް އެންޑް ރިކްރިއޭޝަނަލް ޑައިވިން އަށް ހުއްދަ ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި ސުޕަ ޔޮޓާއި ލިވަބޯޑް ޗާޓަ ޓްއަރިޒަމް ވެސް އިތުރަށް ހަރުދަނާކޮށް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ދަނީ ހަލާލު ޓޫރިޒަމް ފުޅާކުރުމަށް ވެސް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.

ފަތުރުވެރީންގެ އަދަދު 21 އިންސައްތަ ދަށް

މިނިސްޓަރު ވިދާޅުވި ގޮތުގައި މެދުއިރުމަތީގެ އެއަރލައިންތަކުން އަންނަ ފަތުރުވެރީންގެ ނިސްބަތް 30 އިންސައްތާގައި ހުރިއިރު އެ ހުރިހާ ދަތުރުތައް ކެންސަލް ވުމަކީ ޓޫރިޒަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މި އަހަރު ފެށިގެން އައީ ރާއްޖެއަށް ޓޫރިޒަމްގެ އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި ނަމަވެސް ހަނގުރާމައިގެ ސަަބަބުން އެކަން ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ. މި އަހަރުގެ ފުރަތަމަ ދެ މަހަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރީން އަައި ދެ މަސް ކަމަށާ ނަމަވެސް ހަނގުރާމައިގެ ފަހުން މިހާތަނަށް ރާއްޖެ އައީ 97,000 ފަތުރުވެރީން ކަމުގައި ވިދާޅުވި އެވެ. އެއީ 21 އިންސައްތައިގެ ދަށްވުމެކެވެ.

މި އަހަރުގެ މިހާތަނަށާް 5,62,956 ފަތުރުވެރީން ރާއްޖެ އައިސްފައިވެ އެވެ.

ކޮމެންޓް
ސަމީމް
ސްޕިއަރ ފިސިންގ އަށް ހުއްދަ ދިނުމަކީ ޑައިވިން އަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމެއް. އެއްބަޔަކު މަސްތައް ބަލަން ދާއިރު އަނެއްބަތަކު މަސްތައް މަރަން ދިއުމަކީ ހަމަޖެހޭ ކަމެއް ނޫން.
22 Mar 2026
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.